ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިންގެ ޖީބުތަށް ފުރިގެން ބަންޑުންވަނީ: ޑރ.ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ވެރިންގެ ޖީބުތަށް ފުރިގެން ބަންޑުންވަނީކަމަށާއި، މިއީ ބޮޑުވަރެއްކަމުގައި ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރި ޓުވީޓެއްގައި ޑރ.ޖަމީލް ވިދާޅުވީ ނިކަމެތި މީހާއަށް އޮތީ ސަލާންޖެހުންކަމަށެވެ. މީގެ އިތުރުން ޖަމީލް ވިދާޅުވީ، ބޯހިޔާވަހިކަމާއި، ރިސޯޓު މުވައްޒަފުންގެ ވަޢުދާއި، މުދައްރިސުންނާއި ސިވިލްސާވިސްގެ މުސާރަ ބޮޑުކުރެވެންނެތަސް ސަރުކާރަށް އެހެނިހެން ޚަރަދުތައްކުރެވޭކަމަށެވެ.

ޖަމީލް މިހެން ވިދާޅުވެފައިމިވަނީ، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ދަރިކަލުން، ޔާމީން ޝާހިދުގެ މުސާރަ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވަނިކޮށެވެ.

ފޮރިން މިނިސްޓްރީން ހާމަކުރާގޮތުގައި، ލަންޑަނުގައި ހުންނަ ދިވެހި އެމްބަސީގެ ކައުންސެލަރ ޓު ދަ އެމްބެސެޑަރ ޔާމީން ޝާހިދުގެ މުސާރައަކީ، 15000.00 ދިވެހިރުފިޔާއެވެ. މީގެ އިތުރުން، ޔާމީން ޝާހިދަށް އިނާޔަތްތަކުގެ ގޮތުގައި، މަހެއްގެ މައްޗަށް ލިބިލައްވާ 6416.95 ޕައުންޑު ހިމެނެއެވެ.

އެހެންކަމުން މުސާރައާއި އިނާޔާތްތަކާއެކު ޖުމްލަ 143،889.66 ރުފިޔާ ޔާމީން ޝާހިދަށް ލިބިލައްވައެވެ. މި ޢަދަދަކީ އަހަރެއްގެ މައްޗަށް ބަލައިފިނަމަ، 1.726 މިލިއަން ދިވެހިރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: