ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޓަލީ ވިލާތުގެ ރޯމްއިން ފުރައިގެން އެނބުރި ރާއްޖެ އައި 2 ދިވެހިން، ކަރަންޓީނަށް

މިހާރު ކޮރޯނާ ވައިރަސް އެންމެ ގަދަޔަށް ފެތުރެމުންދާ ގައުމަކީ އިޓަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިޓަލީ ވިލާތުގެ ރޯމްއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި 2 ދިވެހިން، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ. 

އިޓަލީން އެނބުރި ރާއްޖެއައި ދެ ދިވެހިން ކަރަންޓީން ކޮށްފައިވާއިރު އިޓަލީން މީހުން ރާއްޖެއައުން ސަރުކާރުން މިހާރު ވަނީ މަނާކޮށްފައެވެ. 

އެޗްޕީއޭއިން މިއަދު ކުރި ޓުވިޓެއްގައި ބުނެފައި ވަނީ  ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، އިޓަލީ ވިލާތުގެ ރޯމްއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި 2 ދިވެހިން، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތްތައް މިހާރު ސަރުކާރުން ކުރަމުންދާ ކަމަށެވެ. 

އޭޝިއާއިން ބޭރުގައި އެންމެ ބާރަށް ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމަކީ އިޓަލީ އެވެ. އެ ގައުމުގައި ކޮރޯނާގެ ބިރު ބޮޑުވެ، ސްކޫލްތައް ބަންދުކޮށް މިހާރު މުޅީ ގަުއމު ވަނީ ލޮކްޑައުންކޮށްފައެވެ.އިޓަލީން މީހުންއައުން ސަރުކާރުން މަނާކޮށްފައިވާއިރު މީގެކުރިންވަނި ޗައިނާއާއި، އީރާނާއި، ދެކުނު ކޮރެޔާގެ ދެ ސަރަޙައްދަކުން އަދި ބަންގްލަދޭޝްއިން ރާއްޖެއަށް މީހުންއައުން ވަނީ މަނާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: