ދިވެހިރާއްޖޭގެ ލެވެލް ދަށްކުރަން އުޅޭކަމަށް އަޑުފެތުރެމުންދާކަމަށާއި، ޙަޤީޤަތް ވަންހަނާކުރައްވަން މަސައްކަތްނުކުރެއްވުމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދަށް ޓެގްކުރައްވާ، ޢަބްދުއްރަޙީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ފަތުރުވެރިން ނާންނާތީ ރިސްކް ލެވެލް ދަށްކުރުމުގެ ބޭނުންފުޅުގައި، ހުރިހައި އެއަރލައިންތަކުގެ ވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވާކަމުގެ އަޑުފެތުރެމުންދާކަމަށާއި، މިއީ ޙަޤީޤަތެއްކަމުގައިވާނަމަ، ރައްޔިތުންނަށް އޮޅުވާނުލެއްވުމަށެވެ.
https://twitter.com/Banafsaa/status/1237665712031727616?s=20
ޢަބްދުއްރަޙީމް މި މޭރުމުން ވާހަކަދައްކަވާފައިވާއިރު، ސަރުކާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ޢާންމު ޞިއްޙަތުގެ އެލާރޓްއޮތީ ރީނދުލުގައި ކަމަށާއި، އެލާރޓް ދަށްކުރަން ސަރުކާރުން ނިންމަވައިފައިނުވާކަމަށެވެ.
ލެވެލް ރީނދޫ އަކީ ބަލި ޖެހިފައިވާ މީހަކު، އެހެނިހެން ޤައުމަކުން ދިވެހިރާއްޖެ އަންނަ ހާލަތެވެ. ދިވެހިރާއްޖެއިން ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވާ ކުރެއްދޫ އައިލެންޑް ރިސޯޓު އޮތީ ލެވެލް އޮރެންޖުގައެވެ. އެ ލެވެލްއަކީ، ރާއްޖެއިން ބޭރުން ބަލިޖެހުނު މީހެއްގެ ފަރާތުން، ރާއްޖޭގައި ބަލި ފެތުރުމުން ނެރޭ އެލާޓެވެ.

