ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔެލޯ އެލާޓު ދަށް ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ ސަރުކާރުން ދޮގުކޮށްފި

ޔެލޯ އެލާޓު ދަށް ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ ސަރުކާރުން ދޮގުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ގައުމުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ އަށް ކޭސްއެއް ރާއްޖެއިން ވެސް ފެނިފައިވާއިރު ނުރައްކާ މިންވަރު އަންގައިދޭން ކަނޑައަޅާފައިވާ އެލާޓް ލެވެލް ދަށްކުރަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުން އެ ރިސޯޓުގެ ހަތަރު މުވައްޒަފަކަށް އެ ބަލި ޖެހުމާއެކު، މުޅި ރާއްޖެއަށް ވަނީ ޔެލޯ އެލާޓް ކަނޑައަޅައިފަ އެވެ. ޔެލޯ އެލާޓަކީ ގައުމަކުން ބޭރުން އައި ފަރާތަކުން އެ ވައިރަސްޖެހިފައި ވީނަމަވެސް، ގައިން ގަޔަށް އެ ބަލި ދަތުރުކޮށް އިތުރު ބަޔަކަށް އެ ވައިރަސް ޖެހިފައިނުވާ ހާލަތަކެވެ.

ރާއްޖެއިން ވައިރަހަށް ޝައްކު ކުރެވޭ މީހުން ފެންނަމުންދިއުމުގެ ސަބަބުން އިގްތިސޯދަށް ނޭދެވޭ އަސަރުތަކެއް އަންނަކަމަށް ބުނެ އެކަން ފޮރުވުމަށް މަސައްކަތް ކުރާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި ވައިރަސް ފެނުމާއި ގުޅިގެން ކަނޑައަޅާފައިވާ ލެވެލް ދަށް ކުރުމަށް އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

އެއަޑުތަކާއި ގުޅޭގޮތުން ޕްރެސްކޮންފަރެންސްގަައި ނޫސްވެރިއަކު ސުވާލު ކުރުމުން، ސަރުކާރުން ކޮރޯނާއާއި ގުޅޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޔެލޯ އެލާޓު ދަށް ކުރުމަށް ސަރުކާރުން މަސައްކަތެއް ނުކުރާ ކަމަށެވެ.

މުޅި ރާއްޖެއަށް ޔެލޯ އެލާޓް ލެވެލް ކަނޑައަޅާފައިވާއިރު، އެ ވައިރަހަށް ޕޮޒިޓިވްވި ކޭސްތައް އެންމެ ފުރަތަމަ ފެނުނު ކުރެއްދޫ ރިސޯޓު އޮތީ އޮރެންޖު ލެވެލްގަ އެވެ. އޮރެންޖު އެލާޓަކީ ގައުމަކުން ބޭރުން އައި ފަރާތަކުން އެ ވައިރަސް ޖެހި ސީދާ އެ މީހާގެ ފަރާތުން އިތުރު ބަޔަކަށް އެ ވައިރަސް ޖެހިފައިވާ ހާލަތު ބަޔާންކުރާ ދަރަޖަ އެވެ.

އޭގެ ފަހުން، ބަތަލާ ރިސޯޓުގެ އިތުރުން ކުރަމަތި ރިސޯޓުންވެސް އެ ބަލި ވަނީ ފެނިފަ އެވެ. އޮރެންޖު ލެވެލް ކަނޑައަޅާފައިވާ ޅ. ކުރެއްދޫ ރިސޯޓްގައި އެކަހެރިކޮށްފައިވާ މީހުން ވަކި ސަރަހައްދަކަށް ގެންގޮސް އެ ސަރަހައްދު ބަންދު ކުރުމަށްފަހު، ރިސޯޓް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މަބުރޫކު ވަނީ ވިދާޅުވެފަ އެވެ.

ތިން ރިސޯޓުން ޖުމްލަ އަށް މީހަކު މިހާރު ވަނީ ކޮރޯނާއަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއްގެ އިތުރުން ފަތުރުވެރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: