ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑުއާ ލީޕާ އާއި ކެލަމް ޓާނާ ކައިވެނިކޮށްފި

ފޮޓޯ : ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްހޫރު ލަވަކިޔުންތެރިޔާ ޑުއާ ލީޕާ އާއި އިނގިރޭސި އެކްޓަރު ކެލަމް ޓާނާ، ލަންޑަނުގައި ކައިވެނިކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި ދެމަފިރިން ކައިވެނިކޮށްފައިވަނީ މެއި މަހުގެ 31 ވަނަ ދުވަހު، ލަންޑަނުގެ ތާރީޚީ ’އޯލްޑް މޭރީލެބޯން ޓައުން ހޯލް‘ ގައެވެ. ހަމައެކަނި ގާތް އާއިލީ މެންބަރުންނާއި ރަހުމަތްތެރިންގެ ހާޒިރުގައި އެ ހަފްލާ ބޭއްވީ ވަރަށް ބޮޑަށް ސިއްރުކޮށްގެން ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސި މީޑިއާތަކުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ކައިވެންޏަށްފަހު ދެމަފިރިން އެތަނުން ނިކުމެގެން ދިޔައީ އަތާ އަތް ގުޅުވައިގެންނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ޑުއާ ލީޕާ ލައިގެން ހުރީ މަޝްހޫރު ޑިޒައިނަރު ޑެނިއަލް ރޯޒްބެރީ ފަރުމާކޮށްފައިވާ ހުދުކުލައިގެ ’ޝިއަޕަރެއްލީ‘ ހެދުމެކެވެ. އަދި ކެލަމް ޓާނާ ހުރީ ގަދަ ނޫ ކުލައިގެ ސޫޓެއްގައެވެ.

މި ކައިވެނި ކޮށްފައި މިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހު ’ބްރިޓިޝް ވޯގް‘ އަށް ދިން އިންޓަވިއުއެއްގައި ޑުއާ ލީޕާ އެންގޭޖްވިކަން ރަސްމީކޮށް އިއުލާނުކުރިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުންނެވެ. މި ދެމީހުންގެ ލޯބީގެ ވާހަކަތައް ފުރަތަމަ ފެންމަތިވީ 2024 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

ޚަބަރުތައް ބުނާ ގޮތުގައި ލަންޑަނުގައި ބޭއްވުނީ ރަސްމީ ކައިވެނީގެ ރަސްމިއްޔާތު ކަމުގައި ވިޔަސް، ކައިވެނީގެ ބޮޑު ހަފުލާއެއް މި ހަފުތާގެ ފަހުކޮޅު އިޓަލީގެ ސިސިލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ގިނަ ދުވަސްތަކަކަށް ދެމިގެންދާ މި ހަފުލާގައި މުނިފޫހިފިލުވުމާއި ފެޝަން ދާއިރާގެ މަޝްހޫރު ގިނަ ފަރާތްތަކެއް ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

ޑުއާ ލީޕާ އަކީ ”ލެވިޓޭޓިން“ އަދި ”ޑޯންޓް ސްޓާޓް ނައު“ ފަދަ މަޝްހޫރު ލަވަތަކުން ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ. ކެލަމް ޓާނާ އަކީ ”މާސްޓާސް އޮފް ދަ އެއާ“ އަދި ”ފެންޓާސްޓިކް ބީސްޓްސް“ ފަދަ ފިލްމުތަކުން ފެނިގެންގޮސްފައިވާ ހުނަރުވެރި އެކްޓަރެކެވެ.

ކައިވެންޏާ ގުޅޭގޮތުން މިހާތަނަށް ދެ ފަންނާނުން ރަސްމީ ބަހެއް ނުބުނާ ނަމަވެސް، ސޯޝަލް މީޑިއާގައި ސަޕޯޓަރުންނާއި އެހެނިހެން ތަރިން ދަނީ މި ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: