ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯން އެހީއަށް އެދި 1300 ދަރިވަރުން އެޕްލިކޭޝަން ހުށަހަޅައިފި

ހަޔަރ އެޑިއުޚޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހސަން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ގެޒެޓްކޮށްފައިވާ “ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު“ ގައިވާ ގޮތުގެ މަތީން ލޯނު ހޯދަން ކުރިމަތިލުމަށް އެދި  ކުރި އިއުލާނުގެ މުއްދަތު 09 މާރިޗު 2020 ވަނަ ދުވަހުގެ 13:30 އަށް ހަމަވިއިރު ޖުމްލަ 1300 އެޕްލިކޭޝަން ހުށަހަޅައިފިއެވެ.

މި އިއުލާނުގައި ވާގޮތުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 550 ދަރިވަރުންނަށެވެ. ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5ން ފެށިގެން ފެންވަރު 10ގެ ނިޔަލަށް، އަދި ލައިސަންސް ނުވަތަ ޕްރޮފެޝަލް ޕްރޮގްރާމް (މިސާލު ޕައިލަޓް ލައިސަންސް، އޭ.ސީ.ސީ.އޭ ޕްރޮގްރާމް)ތަކަށެވެ. މި ލޯނު ސްކީމަށް 151 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނުގެ ފުރުޞަތު ހޯދުމަށް، ލޯން ސްކީމަށް މިފަހަރު ހުޅުވާލާފައިވަނީ ބޮޑެތި ހެޔޮ ބަދަލުތަކަކާއި އެކުގައެވެ. މިގޮތުން ވީހާވެސް ގިނަ ރައްޔިތުންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ލިބިދިނުމުގެ ބޭނުމުގައި، އަދި ވަކިން ޚާއްސަކޮށް ތަނަވަސްކަން ކުޑަ ފަރާތްތަކަށް އިސްކަންދިނުމަށްޓަކައި ލޯނު ދިނުމުގެ އުސޫލަށްވަނީ ވަރަށް މުހިންމު ބަދަލެއް ގެނެސްފައެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވަކި ކެޓަގަރީއެއް ކަނޑައަޅާފައިވާކަން ފާހަގަ ކޮށްލެވެއެވެ. އަދި ލޯނު ހޯދައިގެން ކިޔަވަން ހުށަހަޅާ ފެންވަރަށް ކިޔެވުމުގެ ޚަރަދުން ބައެއް ކުރިން ލިބިފައިވާ ފަރާތްތަކަށްވެސް ކޯސް ފުރިހަމަ ކުރެވިފައި ނުވާނަމަ، އެފަރާތްތަކަށްވެސް ލޯނަށް ކުރިމަތިލެވޭގޮތަށް މިއަހަރުގެ ލޯނު އުޞޫލުގައި ކަނޑައަޅާފައިވެއެވެ. ލޯން އެޕްލިކޭޝަން ފުރިހަމަކުރުމަށް ސެޓްފިކެޓްތައް އެޓެސްޓްކުރަން ނުޖެހޭގޮތަށް ނުވަތަ އަސްލާ އެއްގޮތަށް ތައްގަނޑު ޖަހަން ނުޖެހޭގޮތަށް އުސޫލު ބަދަލުކޮށްފައިވުމަކީ ލޯނަށް އެދި ހުށަހަޅާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.

ލޯން ހޯދައިގެން ކިޔެވުމަށް ދަރިވަރު އިޚްތިޔާރު ކުރާ ޤައުމަކުން ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތު މިސަރުކާރުން ފަހިކޮށްދީފައި ވާކަން ފާހަގަކޮށްލެވެއެވެ. ލޯނުގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ލޯނު އުސޫލުގެ ޖަދުވަލު 1 (އެކެއް) ގައި ބަޔާންކޮށްފައިވާ ޤައުމުތަކުންކުރެ ޤައުމެއްގައި ބަޔާންކޮށްފައިވާ ކެޓެގަރީއިން ކިޔެވުމަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ލޯނު އުސޫލުގެ ޖަދުވަލު 1 (އެކެއް) ގައި ބަޔާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚުތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.

ލޯނަށް ހޮވޭ ފަރާތްތައް އިޢުލާނު ކުރުމަށް ހަމަޖެހިފައިވަނީ 20 އޭޕްރިލް ވާ ހޯމަ ދުވަހުގެ ކުރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: