ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލުތައް ހުޅުވުން އެއް ހަފްތާއަށް ފަސްކޮށްފި

ސްކޫލުތައް ހުޅުވުން އެއް ހަފްތާއަށް ފަސްކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ އަށް ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނިފައިވާއިރު ސްކޫލުތައް ހުޅުވުން އެއް ހަފްތާއަށް ފަސްކޮށްފިއެވެ.

ރާއްޖޭގެ ޕްރައިމެރީ އަދި ސެކަންޑްރީ ސްކޫލުތައް އޮތީ ފުރަތަމަ ޓާމްގެ މިޑް ޓާމް ބްރޭކްގައެވެ. މީގެ ކުރިން އޮތީ ހަފްތާއެއްގެ ޗުއްޓީއަށްފަހު އާދީއްތަ ދުވަހު ސްކޫލުތައް ހުޅުވޭގޮތަށެވެ. ސްކޫލުތައް ހުޅުވުން އެއް ހަފްތާއަށް ފަސްކޮށްފައިވަނީ، ދަރިވަރުންގެ ކިޔެވުންތައް ބަންދުކުރަން ބައެއް ޑޮކްޓަރުންނާއި ޓީޗަރުންގެ ޖަމިއްޔާއިން ވެސް ގޮވާލާފައިވަނިކޮށެވެ.

މިހާރު މިގެނައި ބަދަލާއި އެކު ސްކޫލްތައް ހުޅުވާނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

ވައިރަސް އާއި ގުޅިގެން ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، މީޑިއާތަކަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ އަންނަ އާދީއްތަ ދުވަހު ސްކޫލުތައް ނުހުޅުވައި، އިތުރު ހަފްތާއަކަށް ސްކޫލުތައް ބަންދުކޮށްފައި ބެހެއްޓުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ހާލަތަށް ބަލާ ސްކޫލްތައް އިތުރަށް ލަސްކުރަން ޖެހޭ ނަމަ އެކަން ވެސް ސަރުކާރުން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސްކޫލުތައް ބަންދުކުރާނަމަ، ގޭގައި ބައިތިއްބައިގެން ކުދިންނަށް ކިޔަވައިދެވޭނެ އިންތިޒާމުތައް އެޑިޔުކޭޝަން މިނިސްޓްރީން ބަލަމުން އަންނަކަމަށް މަބުރޫކު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެގޮތުން އޮންލައިންކޮށާއި ބްރޯޑްކާސްޓްކޮށްގެން ވިޔަސް ކިޔަވައިދިނުން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އަށް މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކާއި އިޓަލީގެ ދެ ޓޫރިސްޓެކެވެ. ދެން ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގެ ދެ ޓޫރިސްޓެކެވެ. އޭގެ އިތުރުން ކުރަމަތި ރިސޯޓުންވެސް ދެ ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: