ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މާލެ ޓެކްސީ“ އެޕްލިކޭޝަން މިހާރު އެޕަލް އެޕް ސްޓޯރުން ލިބޭނެ: އެމްޓީސީސީ

ފޮޓޯ އެމްޓީސީސި
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ހިންގާ ޓެކްސީ ލައިން ”މާލެ ޓެކްސީ“ގެ ޚިދުމަތް ހޯދުމަށް ބޭނުންކުރާ މޮބައިލް އެޕްލިކޭޝަން މިހާރު އެޕަލް އެޕް ސްޓޯރުން ލިބޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި، އައިފޯން ގެންގުޅޭ ފަރާތްތަކަށް ކިއުއާރު ކޯޑު ސްކޭން ކޮށްގެން ނުވަތަ އެޕް ސްޓޯރުގެ ލިންކް މެދުވެރިކޮށް މިހާރު އެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެއެވެ. އަދި އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ގޫގުލް ޕްލޭ ސްޓޯރުގެ އެޕްލިކޭޝަން ވަރަށް އަވަހަށް ތައާރަފު ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މާލެ ޓެކްސީ ލައިނަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީތަކެއް ބޭނުންކޮށްގެން ދޭ ޚިދުމަތެކެވެ. އެއީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ، ރައްކާތެރި އަދި އިތުބާރު ހުރި ޚިދުމަތެއް ކަމަށް އެމްޓީސީސީން ބުނެއެވެ. މި ޚިދުމަތް ދިނުމަށް 150 އިލެކްޓްރިކް ވެހިކަލް ބޭނުންކުރާއިރު، ދުވާލަކު 24 ގަޑިއިރު އެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ހިދުމަތް ފެށުމަށްފަހު ފުރަތަމަ ދެ ހަފްތާގައި އާންމުންނަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ދީފައިވާއިރު، ޓެކްސީތަކަށް އަގު ނަގަން ފަށާފައިވަނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

އެ ހިދުމަތުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ، ރައްކާތެރި، ހަރުދަނާ، ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު ޓެކްސީ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް ސަރުކާރުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: