ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

އެކްސިޑެންޓު ހިނގި މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖުގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫގެ ބޮޑު މަގުގައި މެއި 31 ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވީ ހިތަދޫ، ޖަބްރާނުގޭ، އުމުރުން 38 އަހަރުގެ ރަމީޒް އަބްދުﷲ އެވެ. އޭނާގެ ކަށުނަމާދު އޮތީ މިއަދުގެ މެންދުރުނަމާދަށްފަހުއެވެ.

ރަމީޒް ނިޔާވީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އެކްސިޑެންޓުގައި އޭނާގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

އެ އެކްސިޑެންޓު ހިނގީ ހިތަދޫ ބޮޑުމަގުން ބާރު ސްޕީޑުގައި ދަތުރުކުރަމުންދިޔަ ސައިކަލެއް ނުބައި ލޭނަށް އެރުމުން، ރަނގަޅު ލޭނުން ދުއްވާފައިދިޔަ ޒަމީޒްގެ ސައިކަލުގައި ޖެހިގެންނެވެ. ބާރު ސްޕީޑުގައި ސައިކަލު ދުއްވަން އިން ޒުވާނާއަށް އެ އެކްސިޑެންޓުގައި ފުރާނައަށް ނުރައްކާވާފަދަ އަނިޔާތަކެއް ނުލިބެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެ ހާދިސާގެ ރިޕޯޓު ލިބުނީ މެއި 31 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: