ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ވަނީ ރަނުން ރަނަށް ވައުދުތައް ފުއްދަދީފަަަ: ޝިއްޕެ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީީޕީގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދަކީ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވަޢުދުތައް ރަނުން ރަނަށް ފުއްދަވާ ބޭފުޅެއްކަން ސާބިތުކޮށްދެއްވާފައިވާ ކަމަށް މުޙައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

ޝިފާޒް މިހެން ވިދާޅުވީ، ރައީސް ނަޝީދު ގެންގުޅުއްވާ ”ބޮޑު ބަދަލު“ އިސްލާހީ ތަސައްވުރަށް ދިވެހި ރައްޔިތުން އިތުބާރު ކުރުމަށް ބާރުއަޅުއްވަމުންނެވެ.

ނ. ވެލިދޫގައި ބޭއްވި ”ބޮޑު ބަދަލު“ ކެމްޕޭން ހަރަކާތުގައި ޝިފާޒް ވިދާޅުވީ، ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރަށްރަށަށް ދަތުރުކުރައްވައި، ހިލޭ ފޮތް ފަންސޫރު، އާސަންދަ ފަދަ ޞިއްޙީ ޚިދުމަތްތައް ތަޢާރަފްކުރުމާއި، އެކަނިވެރި މައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތައް އޭރު ގިނަ ބަޔަކު ގަބޫލުނުކުރާ ކަމަށެވެ. އަދި އެއީ ހަގީގަތަކަށް ނުވާނެ ކަންކަން ކަމަށް ބުނެ، ގިނަ ބަޔަކު އެކަމަށް އޭރު މަލާމާތްކުރިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ވެރިކަމަށް ވަޑައިގަތުމަށްފަހު މަދު އަހަރުތަކެއްގެ ތެރޭގައި އެ ހުރިހާ ވަޢުދުތަކެއް ރައީސް ނަޝީދު ފުއްދަވައިދެއްވިކަމަށާއި، އެއީ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވަޢުދުތައް އަމަލީ ސިފައެއްގައި ތަންފީޒު ކުރެއްވިދާނެ ކަމުގެ ހެއްކެއް ކަމަށް ޝިފާޒް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ރައީސް ނަޝީދުގެ ސަރުކާރުން ގެންނެވި އިސްލާހީ ބަދަލުތަކާއެކު، ހިލޭ ފޮތްބަޔާއި ޞިއްޙީ ފަރުވާ ފަދަ ޚިދުމަތްތަކަކީ ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ކަންކަމަށް ވަނީ ވެފައެވެ.

ޝިފާޒް ވިދާޅުވީ، ކުދިންގެ ޔުނީފޯމް ފޮތިކޮޅު ހޯދުމަށްޓަކައި ވެސް ސިޔާސީ އިސްވެރިންނާއި ވެރިންގެ ގާތަށް ގޮސް އާދޭސްކުރަންޖެހުނު ޒަމާނެއް ދިޔަ ކަމަށެވެ. އެފަދަ ދަތި ހާލަތްތަކާ އަޅާބަލާއިރު، ދައުލަތުގެ ނިޒާމުގެ ތެރެއިން އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފެށުމަކީ ރާއްޖެއަށް އައި ބޮޑު ބަދަލެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މާޒީގައި ހޯއްދަވާފައިވާ ކާމިޔާބީތަކަށް ބަލައި، މިހާރު އެމަނިކުފާނު ގޮވާލައްވަމުންދާ ”ބޮޑު ބަދަލު“ އަށް ރައްޔިތުން އިތުބާރު ކުރަންޖެހޭ ކަމަށާއި، ބޮޑެތި އިސްލާހީ ވިސްނުންތައް ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުކުރުމުގެ ގާބިލްކަން އެމަނިކުފާނުގެ ކިބައިގައި ހުރިކަން މިހާރުވެސް ސާބިތުވެފައިވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: