ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާގެ ބިރު އިންތިހާއަށް ބޮޑު، މިއީ ރައްޔިތުން ދަށު ދަރަޖައަށް ވައްޓާލުން: ފައްޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާގެ ބިރު އިންތިހާއަށް ބޮޑުވެއްޖެ ކަމަށާއި، މިއީ ރައްޔިތުން ލަދުވެތިކޮށްލާ ދަށު ދަރަޖައަށް ވައްޓާލުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ނ. ވެލިދޫގައި ބޭއްވި “ބޮޑު ބަދަލު” ޖަލްސާގައި ފައްޔާޒް ވިދާޅުވީ ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ހޯދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދިން މިނިވަންކަން އެއްކޮށް މިއަދު ނިގުޅައިގެންފި ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މިއަދު ރައްޔިތުންގެ ހާލަތު ވަރަށް ބޮޑުތަނުން ގޯސްވެއްޖެ ކަމަށެވެ. މިސާލު ނަންގަވާ ފައްޔާޒް ވިދާޅުވީ ވަޒީފާގެ ބިރު އިންތިހާއަށް ބޮޑު ވެއްޖެ ކަމަށާއި، މިީހަކާ ސަލާމްކޮށްލަންވެސް ދާން މިހާރު ނުކެރޭ ކަމަށެވެ. މިއީ ރައްޔިތުން ލަދުވެތިކޮށްލާ ދަށު ދަރަޖައަށް ވައްޓާލުން ކަމަށް ފައްޔާޒް ސިފަކުރެއްވިއެވެ.

“އެމްޑީޕީގެ ވެރިކަމެއްގައި އެ ބިރުވެރިކަމެއް ނޯންނާނެ. މިއީ ވަރަށް ސާފުކޮށް އެނގެން އޮތް ހަގީގަތެއްް. އަޅުގަނޑުމެންގެ ޕާޓީއާއި އިދިކޮޅުގައި މުވައްޒަފުންނަށްވެސް ތިބި މީހުން ސަރުކާރަށް ބޭނުން އެއްޗެއް ކިޔަމުން ގެންދިޔަ”

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ވަޒީފާގެ ބިރެއް ނޯންނާނެ ކަމަށެވެ.

ޖަލުތަކުގެ އަނިޔާ ނިމުމަކަށް އައިސްފައިވާކަަމަށް ހީކުރި ނަމަވެސް އެ އަނިޔާތައް މިހާރު އަނެއްކާ ފެށިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަން އެނގުނީ ނުވަތަ ފަޅާއެރީ ނޫސްވެރިން ޖަލަށްލުމުންނެވެ

ފައްޔާޒް ވިދާޅުވީ ވޯޓު ފޮށްޓެއްް މެދުވެރިކޮށް، ރައްޔިތުންނަށް ރަނގަޅުނޫން ވެރިންނަށް ވެރިކަމަށް އާދެވޭކަން އޮތީ ފެންނާން ކަމަށެވެ. ގިނަފަހަރަށް ވެރިއަކަށް އަންނަ މީހެއްގެ ކސިޔާސަތުތައް ނޭނގޭ ކަމަށާއި، އެެހެންނަމަވެސް ވެރިއަކަށް އައުމުން އެ ވެރިއެއްގެ ހުދުމުހުތާރުކަން ފެންނަ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވާ ފަރާތްތެއްގެ ސަބަބުން ރައްޔިތުންގެ ޖީބަށްވެސް އަސަރުކުރާ ކަމެއް ކަމަށެވެ. އަދި އެއީ އެ ސަރުކާރެއްގެ ސިޔާސަތަކާއި ގުޅިގެން އެބަޔަކު ފަގީރުވެސް ވެދާނެ ކަމެއް ކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: