ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ 5 ވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތަކަށް ހަތީބުން ލިބުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ގެނައުމަށް ޓަކައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ”ޒުވާން ހަތީބުން“ ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފަސްވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން ފެށި މި ކާމިޔާބު މަޝްރޫއަކީ، ޒުވާނުންގެ މެދުގައި ދީނީ ކަންކަމަށް ޝައުގުވެރިކަން އުފައްދައި، މިސްކިތްތަކުގެ ދައުރު ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި ޕްރޮގްރާމްގެ އާ ބުރުގެ ކިޔެވުން އަންނަ މަހު ފެށުމަށް ތާވަލުކޮށްފައިވާއިރު، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، އެ ވުޒާރާއިން އާންމުކޮށްފައިވާ އޮންލައިން ގޫގުލް ފޯމު ފުރިހަމަކޮށް ހުށަހަޅަންޖެހޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިއުލާނުގައި ބުނެފައިވެއެވެ.

މި ތަމްރީނުތަކުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ސާނަވީ އަދި މަތީ ސާނަވީގައި ތައުލީމު ހާސިލު ކުރަމުންދާ ކުދިންނަށްވުން ނުވަތަ ސްކޫލް ނިމިފައިވާނަމަ އުމުރުން 18 އަހަރު ފުރިފައި ނުވާ ޒުވާނަކަށް ވުން ހިމެނެއެވެ. އަދި 18 އަހަރު ނުފުރޭ ކުއްޖެއްނަމަ، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ.

ކިޔަވައިދިނުން ކުރިއަށްދާނެ ގޮތަށް ބަލާއިރު، މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ކްލާސްތައް ކުރިއަށްދާނީ ހާޒިރުވެގެންނެވެ. އަތޮޅުތެރޭގައާއި ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކަށް އޮންލައިންކޮށް ބައިވެރިވުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ. މީގެ އިތުރުން، ރަށްރަށުން މާލެ އައިސް ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށްވެސް އެ ފުރުސަތު އޮންނާނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، މި ޕްރޮގްރާމްގެ ރަސްމީ ސަނަދު ލިބޭނީ އިންޓަވިއުއިން ފާސްވުމާއެކު، ހުރިހާ ފިލާވަޅުތަކަކަށް ހާޒިރުވެ، ފަހު އިމްތިހާނުން ފާސްވާ ދަރިވަރުންނަށް އެކަނި ކަމަށެވެ.

މި މަޝްރޫއަކީ ރާއްޖޭގައި އިސްލާމީ ދައުވަތު ފެތުރުމުގެ މަސައްކަތަށް ޒުވާނުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބި، ދީނީ ރޫހެއް އާލާވެގެން ގޮސްފައިވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ވުޒާރާއިން ފާހަގަކުރެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: