ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ޗެއާޕާސަން އިންތިހާބު މާދަމާ؛ ވޯޓުލުން ރޭގަނޑުގެ 20:30 އަށް ކުރިޔަށް ދާނެ!

އެމްޑީޕީ ޗެއާޕާސަންކަމަށް ވާދަކުރާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަގުތު އިތުރުކޮށްފި އެވެ.

އެމްޑީޕީން އާންމު ކުރި ބަޔާނެއްގައި ބުނީ، މާދަމާގެ ވޯޓުލުމުގެ ވަގުތަކީ މެންދުރު ފަހު 14:30 އިން ފެށިގެން 20:30 އާއި ހަމައަށް ކަމަށެވެ.

ވޯޓުލުމުގެ ވަގުތު އިތުރު ކުރުމަށް ނިންމާފައި ވަނީ އިންތިހާބާއި ބެހޭ ކޮމިޓިންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ހުސްވެފައިވާ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

އިންތިހާބަށް ރައީސް ނަޝީދާއި މީކާއިލް ވަނީ އަތޮޅުތަކަށް ދަތުރު ކުރައްވައި އާންމު ރައްޔިތުންނާއި ވެސް ބައްދަލު ކުރައްވާފަ އެވެ.

ބޮޑު ވާދަވެރިކަމެއް އޮތް މި އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ބައިބައިވުންތައް ވެސް ވަނީ އުފެދިފަ އެވެ. އެގޮތުން އެއް ޓީމުން އަނެއް ޓީމަށް ފާޑުކިއުން އަމާޒުކޮށް ރައްދު ދިނުން ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: