ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަނބުކެޔޮ ވިއްކާ ކަމަށް ބުނެ ސްކޭމް ކުރާ މައްސަލައެއް: ސަމާލުވުމަށް ފުލުުހުންގެ އިލްތިމާސް

ފޮޓޯ: އިންޓަނެޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަނބުކެޔޮ ވިއްކާ ކަމަށް ބުނެ ޓިކްޓޮކް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގަމުންދާ ސްކޭމަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، ޓިކްޓޮކްގައި ”އިނާ“ ނަމަކަށް ކިޔާ އެކައުންޓަކުން ދަނީ އޮޅުވާލުމުގެ އެކި އަމަލުތައް ހިންގައިގެން ފައިސާ ހޯދަމުންނެވެ.

ފުލުހުން ބުނީ މި އެކައުންޓަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ބޭނުންކުރާ އެކައުންޓެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މިފަދަ ނުރައްކާތެރި އަމަލުތަކަށް އާންމު ރައްޔިތުންނާއި ހުރިހާ ފަރާތްތަކުންވެސް ސަމާލުވެ ތިއްބެވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި އެކައުންޓް ހިންގަމުންދާ ފަރާތް ދެނެގަނެ، އެފަރާތް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އޮޅުވާލުމުގެ ގޮތުން ފޭކް އެކައުންޓްތައް ހަދައިގެން ޖިނާއީ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ހޯދައި، އެފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ އަރުވާފައެވެ. ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކުރައްވައި އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމަށްވެސް ފުލުހުން އެދިފައިވެއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނިމިދިޔަ މެއި މަހުގެ ތެރޭގައި އެކަނިވެސް 100 އަށް ވުރެ ގިނަ ސްކޭމްގެ މައްސަލަ ވަނީ ހުށަހަޅާފައެވެ. ވަކިން ހާއްސަކޮށް މެއި 24 އިން 30 އަށް ހުށަހެޅުނު 23 މައްސަލައެއްގައި 126,489 ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން އަނބުރާ ހޯދުނީ 52,346.35 ރުފިޔާއެވެ.

މިފަދަ ސްކޭމްތައް ހިންގުމަށް އޮންލައިން މެސެޖިންގ، އައިބޭ، ފޯން ކޯލް، ފިޝިންގ ލިންކް އަދި ފޭސްބުކް މާކެޓްޕްލޭސް ފަދަ އެކި މަންސަތައް ބޭނުންކުރަމުންދާކަން ފުލުހުން ފާހަގަކުރެއެވެ. ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކާއި އާ އުކުޅުތައް ބޭނުންކޮށްގެން ސްކޭމްކުރާ މިންވަރު އިތުރުވަމުންދާތީ، އާންމުން މިކަމަށް ބޮޑަށް ހޭލުންތެރިވުމަކީ މުހިންމު ކަމެކެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އަންނަނީ ކޮންމެ ހަފްތާއެއްގައި ވެސް މިފަދަ މައްސަލަތަކުގެ ތަފާސްހިސާބުތައް ހިއްސާކުރަމުންނެވެ. މި މައުލޫމާތު ވީހާވެސް ގިނަ ބޭފުޅުންނާ ހިއްސާކުރައްވައި، އާންމުން ހޭލުންތެރިކުރުވުމުގައި އެހީތެރިވުމަށް ފުލުހުން ވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: