ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރު ކާޑުން ވިޔަފާރިކޮށްގެން ހަފުތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ޑޮލަރު ޑެބިޓް ކާޑު ބޭނުންކޮށްގެން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފްތާއަކު 1000 ޑޮލަރު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ގައުމީ ބޭންކުން މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަނަކީ ކަސްޓަމަރުންގެ މެދުގައި ޑޮލަރު ކާޑުގެ ބޭނުން އިތުރުކުރުމަށް ހުޅުވާލި ފުރުސަތެކެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ހަފްތާއަކުވެސް ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 1000 ޑޮލަރުގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ބޭންކުން އަލަށް ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އެޕްލައިކުރަން ޖެހެއެވެ. އަދި އެ ކާޑު ބޭނުންކޮށްގެން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތެއް ހިންގަންޖެހޭނެ ކަމަށް ބޭންކުން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ޑޮލަރު ޑެބިޓް ކާޑު ބޭނުންކޮށްގެން ކުރާ ތަފާތު މުއާމަލާތްތައް ބަލައިގަނެވޭނެއެވެ. އޭގެ ތެރޭގައި އާންމު ވިޔަފާރިތަކުގެ އިތުރުން، އެކި ކަހަލަ ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމާއި، ދަތުރުފަތުރުގެ ޓިކެޓް ނެގުމާއި، އަދި ޑިޖިޓަލް އެކި ހިދުމަތްތަކަށް ފައިސާ ދެއްކުން ހިމެނެއެވެ.

ބީއެމްއެލް އިން ދޫކުރާ ޑޮލަރު ކާޑަކީ ރާއްޖޭން ބޭރުގެ ވެބްސައިޓްތަކާއި ބޭރު ގައުމުތަކުގައި ވިޔަފާރިކުރުމަށް ކަސްޓަމަރުންނަށް ލިބޭ ފަސޭހަ ވަސީލަތެކެވެ. މި ޕްރޮމޯޝަނާއެކު ގިނަ ބަޔަކު ޑޮލަރު ކާޑަށް އެޕްލައި ކުރާނެ ކަމަށް ބޭންކުން އުންމީދު ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: