ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

ރައީސް ނަޝީދު އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ބައްދަލުކުރެއްވުން / ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ 12 ވަނަ ދުވަހު ބޭއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ އިންތިޚާބު ކާމިޔާބް ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

އެމްޑީޕީގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމަކީ އިންތިޚާބަށްފަހު ޕާޓީގެ އެތެރޭގެ ގުޅުން ބަދަހިކުރުމަށާއި ކުރިއަށް އޮތް ތަނުގައި ޕާޓީ ހިންގާނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ރައީސް އަބްދުއްﷲ ޝާހިދާއި، ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ޕާޓީގެ ލީގަލް ޑިރެކްޓަރ އަހްމަދު މައުރޫފާއި، އިންތިހާބުގައި ރައީސް ނަޝީދާއި ވާދަ ކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އިންތިޚާބުގައި ވާދަކުރެއްވި މީކާއިލް އަހުމަދު ނަސީމް ކުރެއްވި މަސައްކަތަށް ވަރަށް ބޮޑަށް ސާބަސް ދެއްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މީކާއިލް ވަނީ ވަރަށް ރަނގަޅު ”ފައިޓެއް“ ދެއްވާފައި ކަމަށާއި، އޭނާގެ ހިތްވަރަކީ ޒުވާނުން މިސާލު ނަގަންޖެހޭ ފަދަ ކަމެއް ކަމަށެވެ. މީކާއިލްގެ ހީވާގި މަސައްކަތްތަކަކީ ޕާޓީގެ ކުރިމަގަށް ލިބުނު އުންމީދެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

މި އިންތިޚާބު ރައީސް ނަޝީދު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވާ 48,912 މީހުންގެ ތެރެއިން 31,129 މީހުން ވޯޓުލާފައިވާއިރު، ރައީސް ނަޝީދަށް 21,301 ވޯޓު ލިބިވަޑައިގަތެވެ. މީކާއިލް އަހުމަދު ނަސީމަށް ލިބިވަޑައިގަތީ 9,462 ވޯޓެވެ. އިންތިޚާބުގެ ނަތީޖާއަށްފަހު މީކާއިލް ވަނީ ބަލި ގަބޫލުކުރައްވައި، ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ގެންގޮސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އާ އަޒުމެއްގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: