ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށުގެ މައްސަލަ: އައު ހެކިތަކުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރުން އަންނަ މަހު!

ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށައަލާފައިވާ މައްސަލައިގެ ހުކުމް އިއްވުން އަންނަ މަހަށް ތަވާލުކޮށްފިއެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ހުށައަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން ސުޕްރީމް ކޯޓުން ތާވަލުކޮށްފައިވަނީ މިއަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ހެނދުނު 9:00 ޖަހާއިރުއެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރިޝަވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ބާތިލްކޮށް އެ މައްސަލަ އޮތީ އަލުން ބަލަން ހައިކޯޓުން އަންގާފައެވެ.

އެހެންނަމަވެސް އޭރު އަލުން މައްސަލަ ބެލުމުގައި ޔާމީނާއި ދެކޮލާށް ހުށައެޅި އައު ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ވަނީ އަންގާފައެވެ. އެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް އިސްތިއުނާފްކުރީ އާ ހެކިތައް އެއް ފަރާތްކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމި ބައި އެކަންޏެވެ. އެ މައްސަލާގެ އަޑުއެހުންތައް ފުރަތަމަ ނިންމާލާފައިވަނިކޮށް ބެންޗަށް ބަދަލު އައިސްގެން އިތުރު އަޑުއެހުމެއް ބޭއްވިއެވެ. 

ދެވަނަ ފަހަރަށް މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ސުޕްރީމް ކޯޓުގައި މި މައްސަލައިގެ ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި އޮތް އާރަށު މައްސަލައިގެ ޝަރީއަތް ވެސް ވަނީ މަޑުޖައްސާލައިފައެވެ. 

އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ވެސް މިހާރު ދަނީ ކުރިއަށެވެ.

އޭގެއިތުރުން ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާފައިވާ އެސްކްރޯ އެކައުންޓްގައި ބަހައްޓާފައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ހޯދުމަށް އެ މަނިކުފާނު ދައުވާ ކުރައްވާ މައްސަލަ ހައި ކޯޓުގައި ވެސް އެބައޮތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: