އެމްޑީޕީގައި އޮތީ ފަނާކުރަނިވި ފިކުރު ކަމަށާއި އެހެންނަމަވެސް ޕީއެންސީގައި އޮތީ ބިނާކުރަނިވި ފިކުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ. މީދޫ ކައުންސިލްގެ އިންތިހާބީ ރައީސްގެ ކާމިޔާބީ ފާހަގަކުރުމަށް އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމްޑީޕީގެ ސިޔާސަތާއި އަދި ޕީއެންސީގެ ސިޔާތާއި އެމަނިކުފާނު ވަނީ އަޅާކިޔުއްވާ ހުރި ތަފާތުތައް ކިޔާދެއްވާފައެވެ. ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގައި ކަންކަން ކޮށްފައި ހުރީ ފަނާކުރަނިވި ފިކުރުން ކަމަށެވެ.
ނިމިދަ ސަރުކާރުގައި ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި ނަމަވެސް މިހާރު ގާނޫނީ ހަމަތަކުން ރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް މިންގަނޑުތައް ހުންނަގޮތުން ކުރަން ޖެހޭ ކަންކަން ކުރާ ކަމަށާއި، އަދި ރަސްމީކޮށް އެކަންކަން ކުރަމުންގެންދާއިރު އެއީ ހަރަދު ބޮޑު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
”ހަރަދު ބޮޑު މަސައްކަތެއް. އެހެންނަމަވެސް ގައުމުގެ ހައްގުގައި ކުރަންޖެހޭ ކަމެއް. ހަރަދުކޮށްގެން މިދިޔަ ސަރުކާރުން ރައްޔިތުންގެ ފައިސާއިން ވަކީލުންނަށް ދައްކައިގެން އެތަން ދޫކޮށްލީ. ދޫކުރަން ހަރަދުކުރީ“
ރައީސް ވިދާޅުވީ ވަކި ގައުމެއް ބޭނުންވާގޮތަށް ކަންކަން ހިނގާ ކަމަށާިއ، ބޭނުންވާ ކޮންމެ ފަހަރަކު ސިޔާސީ ގުޅުންވެސް ކަނޑާލާ ކަމަށާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަކިވުމަކީ މީގެކުރީ ބައެއ ްސަރުކާރުތަކުން ކޮށްފައިވާ ކަންކަން ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ބަލަނީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާނެ ގޮތް ކަމަށެވެ. ކޮންމެ ގައުމަކާއި އެކުވެސް ގާތް ގުޅުުން އޮންނާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހަމަމއެކަނި އިސްތިސްނާވާނީ އިސްރާއިލް ކަމަށެވެ.
މީގެކުރިން ސަރުކާރުތަކުން އިސްރޭލާއި ގާތުން މަސައްކަތްކުރި ކަމަށާއި އެ ގާތްކަމުގައި ޑޮކްޓަރުންވެސް އިސްރޭލުން ގެންނަން އުޅުން ކަމަށް ރައިސް ވިދާޅުވިއެވެ. އިސްރޭލުގެ އެއާލައިންައް އުދުހުމަށްޓަކައި އެ ތައްޔާރީތައްވެސް ދިޔައީ ވަމުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއީ ފަނާކުރަނިވި ފިކުރު ކަމަށާއި އޭރު ކަންކަންހިނގީ ފަނާކުރަނިވި ގޮތަށް ކަމަށާއި އެހެންނަމަވެސް ސަރުކާރުގެ ބިނާކުރަނިވި ފިކުރާއި އެކު އިސްރޭލުގެ ޕާސްޕޯޓު މަނާކުރި ކަމަށެވެ.
މީގެިތުރަށް ރައީސް ވަނީ އޭރު އެމްޑީޕީގެ ސަރުކާރުތަކުގައި ދީނަށް ހަޖޫ ޖެހުމާއި ޖޯކު ޖެހުމުގެ ސިޔާސަތު އޮތް ކަމަށާއި އެއީ އެމްޑީއެން ސިޔާސަތު ކަމަށެވެ.
”މީގެކުރިން އަޅުގަނޑުމެންނަށް ފެނުނީ އަބަދު ހަމައިގައި ތިބެން ނުޖެހޭނެ ކަމުގެ ސިޔާސަތު. ޑްރަގާއި ވޭޕާއި މިހުރިހާ އެއްޗެއް އާއްމުކުރުމުގެ ސިޔާސަތު. އަޅުގަނޑުމެން ސަރުކާރާއި ހަވާލުވީއިރު ވޭޕް އޮތީ އިންތިހާއަށް ފެތުރިފަ. ޑްރަގް އޮތީ އިންތިހާއަށް މުޅި ގައުމުގައި ފެތުރިފައި“
ރައީސް ވިދާޅުވީ އެހެންނަމަވެސް ސަރުކާރުގެ ބިނާކުރަނިވި ފިކުރުގެ ސަބަބުން އަހުލާގު ރަނގަޅު ޒުވާނުން ބިނާކުރަމުންދާ ކަމަށެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އަރަބިއްޔާ ސްކޫލު ކުދިންނާއި ބެލެނިވެރިން ރެފިއުޖީންގެ ގޮތުގައި ހެދި ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައިދީފައިވާއިރު، އަންނަ ދިރާސީ އަހަރު ސްކޫލެއް ހުލުވާ ކިޔަވަން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

