ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޔާ ވިއްކާ އަގަށް ބަދަލެއް ނާދޭ، ރީޖަނަލް ފިހާރަތަކަށް ވެސް ފިޔާ ލިބޭނެ އިންތިޒާމު ދަނީ ހަމަޖައްސަމުން: އެސްޓީއޯ

ޕިކަޕެއްގައި ފިޔާ ބަސްތާތަކާއި ބިސް ކޭސްތަކެއް ގެންދަނީ- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ބާޒާރުގައި ފިޔާ ލިބުމުގައި ދަތިތަކެއް ދިމާވެ، ފިޔާގެ އަގު ބޮޑުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދޮގުކޮށްފިއެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް ވިދާޅުވީ، ފިޔާ ލިބުމުގައި ދަތިތަކެއް ދިމާވެ އަގު ބޮޑުވެފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ރިޕޯޓު ކުރަމުންދާކަމުގެ މައުލޫމާތު އެ ކުންފުންޏަށް ލިބެމުންދާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެސްޓީއޯގެ ސްޓޮކްގައި ފިޔާ އެބަހުރިކަމަށާއި، ކުންފުނިން ފިޔާ ވިއްކަމުންދާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެކަމަށެވެ.

އެސްޓީއޯއިން ބުނީ ކުންފުނީގެ ހުރިހާ އައުޓްލެޓްތަކުން ވެސް އެއްވެސް ދަތިކަމެއް ނެތި ކުރިޔެކޭ ވެސް އެއްގޮތަށް ފިޔާ ގަންނަން ލިބޭނެ ކަމަށެވެ.

މީގެއިތުރުން އެސްޓީއޯއިން ބުނީ އަންނަ ހަފްތާގައި ފިޔާ ހޯލްސޭލްކޮށް ދޫކުރަން ފަށާނެ ކަމަށެވެ. އަދި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށް ވެސް ފިޔާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ވަނީ* ބުނެފަ އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ކުންފުނިން ފިޔާ ވިއްކަމުން ދާ އަގަކީ ކިލޯއެއް 13 ރުފިޔާ އަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: