ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލަރުންނާއި، ޑަބްލިއުޑީސީ މަގާމަށް އިންތިހާބުވަނީ އެއް އުސޫލަކުން، މުސާރައިގެ ތަފާތު ކުރުން އޮވެގެން ނުވާނެ: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނާއި މެމްބަރުން ވެސް މަގާމަށް އިންތިހާބުވެގެން އަންނަނީ ކައުންސިލަރުންނާއި އެއް އުސޫލެއްގެ ތެރެއިންކަމަށާއި މުސާރައިގައި ތަފާތު ކުރުން ގެންގުޅެގެން ނުވާނެކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އުންސިލަރުންގެ މުސާރަ ބޮޑުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅުއްވާފަ އެވެ.

ގަރާރުގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ފަރާތްތަކަކީ ލޯކަލް ކައުންސިލުތަކުގެ ކައުންސިލަރުން ކަމަށެވެ.

އެގޮތުން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލުތަކަށް އިންތިހާބުވެފައި ތިބި ކައުންސިލަރުންގެ މަސްއޫލިއްޔަތުތައް އިތުރުވެފައިވާތީ، އަދި މަސައްކަތުގައި ކުރިއަށްވުރެ އިތުރު ވަގުތު ހޭދަކުރަންޖެހޭތީ ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަން ޖެހިފައިވާ ކަމަށް އެ ގަރާރުގައިވެއެވެ. އެހެންވެ، އެކަމާ މެދު މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ސާފުކޮށްދޭން އޭނާ އެދިވަޑައިގަތެވެ.

ގަރާރުގެ ބަހުސްގައި ޝަމްހީދު ކައުންސިލްތަކުގެ އިދާރީ އިސް މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދިޔައިރު، ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުންގެ މުސާރަ އޮތީ އެއް ހަމައެއްގައި ކަމަށެވެ. ޝަމްހީދު ވިދާޅުވީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްއިންގެ މުސާރަ 19,000 ރުފިޔާއިން 35,000 ރުފިޔާއަށް ބޮޑުވެގެން ދިޔައިރު، ކައުންސިލަރުންގެ މުސާރަ އަދިވެސް ހުރީ 25,000 ރުފިޔާގައި ކަމަށެވެ. މިއީ ނިޒާމީ ގޮތުން ބަލާއިރު އިންސާފުވެރި ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދައުލަތުން މުސާރައަށް ކުރާ ހޭދަ ވަނީ 43 އިންސައްތަ އިތުރުވެފައެވެ. އެމްޑީޕީ ސަރުކާރު ނިމުނުއިރު 11.9 ބިލިއަން ރުފިޔާގައި ހުރި މުސާރައިގެ ބިލް، މި އަހަރު ނިމޭއިރު 17.1 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭއިރު، ބޮޑުވި ބައިން އާދައިގެ ސިވިލް ސާވިސް މުވައްޒަފުންނަށް ކުރި ފައިދާއެއް ނެތްކަމަށް ޝަމްހީދު ވިދާޅުވި އެވެ.

މީގެ އިތުރުން، ޑަބްލިއުޑީސީތަކުގެ މެމްބަރުންނަށް ލިބޭ އުޖޫރަ ކުޑަވުމުގެ މައްސަލައަށް ވެސް ޝަމްހީދު ވާހަކަ ދެއްކެވި އެވެ. ޝަމްހީދު ވިދާޅުވީ ޑަބްލިއުޑީސީ މެމްބަރުންނަކީ ވެސް ކައުންސިލް ރައީސުންނާއި އެއްފަދައިން ބޮޑު އިންތިހާބެއް ކާމިޔާބުކޮށްގެން މަގާމަށް އަންނަ ބައެއްކަމަށާއި، ނަމަވެސް ޑަބްލިއުޑީސީއަށް ލިބޭ އުޖޫރައިން އިންތިހާބަށް ކުރި ހަރަދުވެސް ފޫނުބެއްދޭ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން، އެ މެމްބަރުންގެ އުޖޫރަ ބޮޑުކުރުމަށް ނުވަތަ އިންތިހާބުވާ އުސޫލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް. އެ ނިޒާމު ރާއްޖެއަށް ތައާރަފްކޮށް، އޭގެ ބައްޕައަކީ އަދި މަންމައަކީވެސް އެމްޑީޕީ

މަޖިލީހުގައި މި ބަހުސް ކުރިއަށްދިޔައިރު، ސަރުކާރު ހިންގާ ޕީއެންސީގެ ބައެއް މެމްބަރުން މި ގަރާރުގެ އަސްލު އޮޅުވާލަން މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލުމަށްކަމަށް ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ސަރުކާރުގެ ބައެއް މެމްބަރުން މިއީ މަޖިލީހުން ކުރަންޖެހޭކަމެއް ނޫން ކަމަށާއި ސަރުކާރުން މުސާރައިގެ މަސައްކަތްތައް ކުރިޔަށް ގެންދާނެކަމަށް ބުނުމަކީ ޒިންމާދާރުކަން ކުޑަ ވާހަކައެއްގެގޮތުގައި ޝަމްހީދު ސިފަކުރެއްވިއެވެ.

ޝަމްހީދު ވިދާޅުވީ ރައްޔިތުންގެ މަންދޫބުންގެ ހައިސިއްޔަތުން މިފަދަ މުހިންމު މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަކީ މަޖިލިސް މެމްބަރުންގެ ގާނޫނީ ޒިންމާއެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: