ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު މުއްތަލިބު އުޅުއްވަނީ ފިއްލަވައިގެން ކަމަށް ވިދާޅުވެ، މޭޔަރު އާޒިމްގެ ކަނަބޮޑުވުން!

ފޮޓޯ މީސްމީޑިއާ މަންސަ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީގެ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހައުސިންގ މިނިސްޓަރު އަބްދުﷲ މުއްތަލިބު އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މޭޔަރު އާދަމް އާޒިމް މިކަން ހާމަކުރެއްވީ މާލެ ސިޓީ ކައުންސިލުން އާންމުކުރި ވީޑިއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ވީޑިއޯގައި އާޒިމް ވިދާޅުވީ، މާލޭގެ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާ ގުޅޭގޮތުން މިނިސްޓްރީއާއެކު ސީދާ މުއާމަލާތް ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ނުލިބުމުގެ ސަބަބުން، އާންމުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ހުރަސް އެޅެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”މިނިސްޓަރު މަސައްކަތް ކުރައްވަނީ އަޅުގަނޑާ ބައްދަލުނުކޮށް ފިލައިގެން އުޅެވޭތޯ، ރަސްމީ ސިފައެއްގައި މަޝްވަރާ ކުރުމުގެ ބަދަލުގައި، ހަގީގަތް އޮޅޭ ފަދަ ގޮތަކަށް މުއާމަލާތްތައް ބައްޓަން ކުރަމުންދާ ކަމަށް ގަބޫލުކުރެވޭ،“ އާޒިމް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވި ގޮތުގައި، މާލޭ ސިޓީ ކައުންސިލާއި މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުމަކީ ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންތެރި ގުޅުމެކެވެ. ނަމަވެސް، ތަކުރާރުކޮށް މަސައްކަތް ކުރުމުންވެސް މިނިސްޓަރުގެ ފަރާތުން އެދެވޭ އިޖާބައެއް ލިބެމުން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޭޔަރު އާދަމް އާޒިމް ފާހަގަކުރެއްވި ގޮތުގައި، މިނިސްޓްރީއާ ދެމެދު އެންމެ ބޮޑަށް ޚިޔާލުތަފާތުވުންތައް އުފެދިފައިވަނީ މާލޭގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްރޫޢުތަކެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ވިލިމާލެ ބޯހިޔާވަހިކަމުގެ މަޝްރޫޢު: ވިލިމާލެގައި ކުރިއަށްގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ބިން ބޭނުންކުރާނެ ގޮތާއި، އެކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރުތަކާމެދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ވަކިން ހާއްސަކޮށް، އެ ސަރަހައްދުތަކުން ގަސް ކެނޑުމުގެ މައްސަލައިގައި އާޒިމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
  • މާލޭގެ މަގު ހެދުމުގެ މަޝްރޫޢު: މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ކުރިއަށްގެންދާ މަގު ހެދުމުގެ އާ މަޝްރޫޢުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް.
  • އާ މަސްމާރުކޭޓުގެ މަޝްރޫޢު: މާލޭގެ މެދުތެރޭގައި ތަރައްޤީކުރަން ނިންމާފައިވާ އާ މަސްމާރުކޭޓުގެ މަޝްރޫޢާއި، އުމްރާނީ ތަރައްޤީގެ އެހެނިހެން މަސައްކަތްތައް.
  • ބޯހިޔާވަހިކަމުގެ އާންމު މަޝްރޫޢުތައް: މާލެ ސަރަހައްދުގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތައް.

އާޒިމް ވިދާޅުވީ، މި މަޝްރޫޢުތަކާ ގުޅޭ ބައެއް މަޝްވަރާތަކުގައި ކައުންސިލުން ބައިވެރިވި ނަމަވެސް، މިނިސްޓްރީގެ ފަރާތުން އެދެވޭ ގޮތެއްގައި މައުލޫމާތު ހިއްސާނުކުރާ ކަމަށާއި، މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ”ފޮލޯ-އަޕް“އެއް ނުލިބޭ ކަމަށެވެ.

މޭޔަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިނިސްޓްރީއާއެކު ސީދާ ބައްދަލުވުންތައް ނުބޭއްވޭތީ، ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި މިފަދަ ބޮޑެތި މަޝްރޫޢުތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: