ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އެތެރޭގައި އެއްބައިވަންތަކަން އެބައޮތް، ލީޑަރޝިޕް އޮތީ އެކުގައި: ރައީސް ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ކެމްޕޭން ދުވަސްވަރު ސިޔާސީ ގޮތުން ޚިޔާލުތަފާތުވުންތަކެއް ފެނުނު ނަމަވެސް ޕާޓީގެ އިސް ލީ ޑަރުން ތިއްބެވީ އެކުގައި ކަމަށް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭން ދުވަސްވަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނާ ދެމެދު އުފެދުނު ބަހުގެ ހަމަލާތަކާއި ޚިޔާލުތަފާތުވުންތަކަށް ފަހު، ދެބޭފުޅުން ގުޅިގެން މަސައްކަތް ކުރެއްވުމުގެ މުހިންމުކަމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކެމްޕޭން ތެރޭގައި ޕާޓީގެ އިސް ފަރާތްތަކުގެ މެދުގައި އުފެދުނު ފާޅުކަން ބޮޑު ބަހުގެ ހަމަލާތަކާއި، އެކި ފަރާތްތަކުން ދެމުންދިޔަ ތަފާތު މެސެޖުތަކުގެ ސަބަބުން ޕާޓީގެ އެތެރޭގެ މަސްލަހަތާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ.

”ޕާޓީގެ އެންމެންވެސް މިހާރު ތިބީ އެކުގައި، ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް. ކުރިއަށް އޮތް ތަނުގައިވެސް ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ،“ ނަޝީދު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ، ޕާޓީގެ ހުރިހާ މެންބަރުން އެކުގައި މަސައްކަތް ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. ނަމަވެސް އެއްބައިވަންތަކަމަކީ ހަމައެކަނި ވަކި ފަރުދުންގެ ނަންތަކަކަށް ނުވަތަ މާޒީގައި ހިނގާފައިވާ ކަންކަމަށް ހަނިކުރަންޖެހޭ ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ޕާޓީގެ ވަރުގަދަކަން ގުޅިފައިވަނީ ވަކިވަކި މެންބަރުންގެ މެދުގައި ހުންނަ ތަފާތުތަކަށްވުރެ ބޮޑަށް، އެންމެން ގުޅިގެން ކުރާ މަސައްކަތުގެ މައްޗަށް ކަމަށެވެ. ކެމްޕޭންގެ ފޯރީގައި ސިޔާސީ ބަހުސްތަކެއް ކުރެވުނު ނަމަވެސް، ޕާޓީ ހިންގުމުގެ އޮނިގަނޑުގެ ތެރެއިން މެންބަރުންގެ މެދުގައި މަސައްކަތުގެ ގުޅުން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕާޓީގެ އެތެރޭގެ މަސައްކަތްތައްވެސް ކުރިއަށް އޮތް ތަނުގައިވެސް ބަދަހިކޮށް އޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން ނަޝީދު ވިދާޅުވީ، ޕާޓީގެ އެންމެންވެސް ތިބީ އެކުގައި މަސައްކަތް ކުރަން ތައްޔާރަށް، އަދި ކުރިއަށް އޮތް ތަނުގައި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: