ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ އާންމު މަންފާއަށް ހިންގާ 19 މަޝްރޫއުގެ ހަރަދު 3.64 ބިލިއަން ރުފިޔާއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ އާންމު މަންފާއަށް ޓަކައި ޖުމްލަ 236.25 މިލިއަން ޑޮލަރުގެ 19 މަޝްރޫއުއެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ވަނީ ދައުލަތުގެ އާންމު މަންފާއަށް ޓަކައި ހާސިލްކުރަން ބޭނުންވާ އިޤްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެ ނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކެވެ. އަދި އެ މަޝްރޫއުތައް ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމެންޓުގެ އަދަދުތައް ރައީސްގެ ގަރާރަކުން ކަނޑައަޅައި ކޮންމެ އަހަރަކު ގެޒެޓުގައި ޝާއިއުކުރާނެ ކަމަށެވެ.

ރައީސް ވަނީ އެ ގަރާރުގެ ޖަދުވަލުގައި ސިޔާސަތުތަކުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ މަޝްރޫޢުތަކާއި އެ މަޝްރޫޢު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ބަޔާންކުރައްވާފައެވެ.

ދައުލަތުގެ އާންމު މަންފާއަށް ޓަކައި ހިންގާނެ 19 މަޝްރޫއެއް ކަނޑައަޅުއްވާފައިވާއިރު، މި މަޝްރޫއުތައް ބަހާލައިފައިވަނީ 5 ދާއިރާއަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން 5 މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު މި މަޝްރޫއުތަކަށް ޖުމްލަ ހަރަދުކުރަންޖެހޭ މިންވަރަކީ 25 މިލިއަން ޑޮލަރެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި އައްސޭރި ޓޫރިޒަމް މަޝްރޫއަށް 4 މިލިއަން ޑޮލަރު، އެކި ހިސާބުތަކުގައި ގާއިމްކުރާ ޑޮމެސްޓިކް އެއާޕޯޓުތަކަށް 5 މިލިއަން ޑޮލަރު، ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް އެއާޕޯޓުތަކުގެ އަޕްގްރޭޑިންއަށް 5 މިލިއަން ޑޮލަރު އަދި ރައްޖޭގެ އެކި ކަންކޮޅުތަކުގައި އިންޓަރނޭޝަނަލް އެއާޕޯޓުތައް ގާއިމްކުރުމަށް 7 މިލިއަން ޑޮލަރު ވަނީ ކަނޑައަޅާފައެވެ.

މި މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ ހަރަދު ހިނގާނެ ކަމަށް ކަނޑައަޅާފައި އޮތީ ދާހިލީ ސަލާމަތާއި ދިފާއީ ރައްކާތެރިކަމާއި ފަންނިޔާތާއި ގުޅޭ ދާއިރާއަށެވެ. މި ދާއިރާގެ 5 މަޝްރޫއުއަަށް ޖުމްލަ 155 މިލިއަން ޑޮލަރު ހަރަދުކުރަން ވަނީ ކަނޑައަޅާފައެވެ. އެންމެ ބޮޑޫ ހަރަދެއް ކަނޑައަޅާފައި ވަނީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓައި، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކަށް ވާއިރު، އެއީ 100 މިލިއަން ޑޮލަރެވެ.

މި ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ މަޝްރޫއުތަކުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ހޯޕް އައިލެންޑަށް އުތުރުތިލަފަޅުން ހިއްކާ 15 ހެކްޓަރުގެ ބިމާއި އަދި އެތަން ތަރައްގީކުރުމުގެ މަޝްރޫއުއެވެ. އެއީ ޖުމްލަ 25 މިލިއަން ޑޮލަރެވެ. މީގެ އިތުރުން ސެންޓްރަލް ޕްރޮޒަން ކޮމްޕްލެކްސް މަޝްރޫއުއަށް 30 މިލިއަން ޑޮލަރު ހަރަދުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއުތަކަށް 5 މިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު ބިން ހިއްކާފައިވާ ސަރަހައްދުތަކުގެ ޔުޓިލިޓީ ހިދުމަތްތަކަށް ވެސް 5 މިލިއަން ޑޮލަރު ވަނީ ހަރަދުކުރަން ކަނޑައަޅާފައެވެ. އަދި ޒުވާނުންނަށް ހާއްސަ ހައިޕާފޯމަންސް ސެންޓަރު ގާއިމްކުރުމަށް 20 މިލިއަށް ޑޮލަރާއި އެކި ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމްތައް ގާއިމްކުރުމަށްވެސް ޖުމްލަ 13.25 މިލިއަން ހަރަދުކުރަން ވަނީ ކަނޑައަޅާފައެވެ.

މި މަޝްރޫތަކަށް ހަރަދުކުރާނެ ވަރު ކަނޑައަޅާފައިވާއިރު، ޖުމްލަ 19 މަޝްރޫއުއަށް 236.25 މިލިއަން ޑޮލަރު ނުވަތަ 3.7 ބިލިއަން ރުފިޔާ ހަރަދުވެގެންދާނެއެވެ. އެއީ މި މަޝްރޫއުތަކަށް ހަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރު ކަމަށްވެސް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: