ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީކޮމާސް ބައެއް ސައިޓްތަކަށް އެމްއައިބީންވެސް ލިމިޓެއް ކަނޑައަޅައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް އިން މެރިންޑްރީމްގައި ހިންގާ ބްރާންޗު-- ފޮޓޯ: އެމްއައިބީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޑެބިޓް ކާޑުތަކުން އީކޮމާސް ބައެއް ސައިޓްތަކުގައި ޑޮލަރުން ކުރާ މުއާމަލާތްތަކަށް ލިމިޓެއް ކަނޑައަޅަން އެ ބޭންކުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ބޭންކުން ދޫކުރާ ޑޮލަރު ލިމިޓް ޒަރޫރީ ބޭނުންތަކަށް ނޫން ގޮތްގޮތަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވުމާ ގުޅިގެންނެވެ.

އެމްއައިބީން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކުގެ ރުފިޔާ ކާޑަށް ލިބެމުންދިޔަ 250 ޑޮލަރުގެ ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ދޫކުރަމުން ދިޔަ ލިމިޓެއް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި ބައެއް ކަސްޓަމަރުން މި ޚިދުމަތް ލިބިގަނެ، އެހެނިހެން ބޭނުންތަކަށް މި ލިމިޓް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބޭންކުން ބުނެފައިވެއެވެ.

ބޭންކުން ބުނި ގޮތުގައި މި ބަދަލާއެކު އީކޮމާސް ސައިޓްތަކަށް ދެން ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަން އެވެ. މި ނިންމުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ފޯރުކޮށްދޭ ޚިދުމަތަށް އިސްކަން ދިނުމުގެ ގޮތުން މި ހިނދުން މި ހިނދަށް އަމަލުކުރަން ފެށި ނިންމުމެއް ކަމަށް އެ ބޭންކުން ވިދާޅުވިއެވެ.

މި ބަދަލު ގެނައި ނަމަވެސް، ކަސްޓަމަރުންގެ އާންމު ބޭނުންތަކަށް ބޭނުންކުރާ ސަބްސްކްރިޕްޝަން ސައިޓުތަކާއި، ރާއްޖެއިން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކަށް މި ބަދަލުގެ އަސަރެއް ނުކުރާނެއެވެ.

މީގެ އިތުރުން ސިއްޙީ ޚިދުމަތް ހޯދުމަށާއި ޗުއްޓީ ހޭދަކުރުމަށް ހިނގާ އެކި ޚަރަދުތަކަށް 250 ޑޮލަރުގެ ލިމިޓުގެ ތެރެއިން ކުރިއެކޭވެސް އެއްގޮތަށް ބޭނުން ކުރެވޭނެ ކަމަށް އެމްއައިބީން ކަށަވަރުކޮށްދެއެވެ.

އެމްއައިބީން އިތުރަށް ބުނީ މިގޮތަށް ނިންމާފައިވަނީ ޑޮލަރު ލިމިޓް ކަސްޓަމަރުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ފުރުޞަތު ދިނުމުގެ މަގްސަދުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: