ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚިދުމަތުގައި 25 އަހަރުވެ ވަކިވާ ފުލުހުންނަށް ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދެނީ

ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ވުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ޚިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާކުރުމުގެ ކަންކަން ހަމަޖައްސައިދެވޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނާ މިކަން ހާމަކުރެއްވީ ފުލުހުންގެ 91 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ކޮމިޝަނާ އިތުރަށް ވިދާޅުވީ، ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އެ ފުލުހަކު ޚިދުމަތްކޮށްފައިވާ މުއްދަތަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނާ ވިދާޅުވީ ފުލުހުންގެ ހާލަތްތައް ރަނގަޅުކޮށް، އުފާވެރި މުއައްސަސާއަކަށް ބަދަލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިސްނަންގަވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

 ”އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ޔަގީންކަަމަކީ، ފުލުހުންގެ އެންމެހައި ހާލަތްތައް ރަނގަޅުކުރައްވައި އުފާވެރި ފުލުހުންގެ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ބަދަލުކުރެއްވުމުގައި މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިސްނަންގަވައިގެން، ގިނަ މަސައްކަތްތަކެއް ކުރައްވާއިރު، އަދި އެ ކަމުގައި އަޅުގަނޑުމެންގެ އިއްޒަތްތެރި ވަޒީރު މަސައްކަތްޕުޅު ކުރައްވާއިރު، ތިޔަ ބޭފުޅުންގެ އިހުސާސްތަކާއި ކަންބޮޑުުވުންތައް ސަރުކާރާ ހިއްސާކުރުމުގައި އަޅުގަނޑު ދީލަތިވާނެކަން“ ކޮމިޝަނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ މައްސަލަތަކާއި، ތައުލީމާއި ފަންނީ ކުރިއެރުމުގެ އިތުރުން މުއައްސަސާއަށް ބޭނުންވާ ޓެކްނޮލޯޖީއާއި ވަސީލަތްތައް ހޯދައިދިނުމުގައި ރައީސުލްޖުމްހޫރިއްޔާ އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވަން މަސައްކަތްޕުޅު ކުރައްވާ ކަމަށްވެސް ކޮމިޝަނާ ފާހަގަކުރެއްވިއެވެ.

ކޮމިޝަނާގެ ވާހަކަފުޅުގައި، 2004 ވަނަ އަހަރު މިހާރުގެ ޒަމާނީ ފުލުހުންގެ މުއައްސަސާ ވުޖޫދުވުމުގައި އިސް ދައުރެއް އަދާކުރެއްވި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ބުރިގޭޑިއާ ރިޓަޔާޑް އާދަމް ޒާހިރަށާއި، އެކި ދުވަސްވަރު ކޮމިޝަނާގެ މަގާމު އަދާކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: