ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްވެއްސަކަށް ވުމާއި ބެހޭ ބިލު މުހިންމު؛ މީހުން އެތަނަކަށް ޖަމާވުމަށް ލުއި ލިބޭނެ: މައުރޫފް

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާއިބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ މުހިންމު ބިލެއް ކަމަށާއި، މި ބިލުގެ ސަބަބުން އެއްތަނަކަށް މީހުން ޖަމާވާ މައްސަލައަށް ލުޔެއް ލިބިގެންދާނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މި ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، މީހުން ރަށްރަށަށް ބަދަލުވާއިރު، އެ ރަށަކުން ފުލެޓެއް ނުވަތަ ގޯއްޗެއް މިލްކުވާ ހާލަތްތަކުގައި އެ މީހަކަށް އެ ރަށެއްގެ ރަށްވެހިކަން ލިބެންޖެހޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ވިޔަފާރީގެ ބޭނުމަށް ނުވަތަ އެ ނޫންވެސް ބޭނުމަކަށް ރަށަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފުޅާދާއިރާއެއްގައި އޮންނަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން މައުރޫފް ވިދާޅުވީ، މާލޭ ސަރަހައްދަށް ގިނަ އަދަދެއްގެ ރައްޔިތުން ބަދަލުވަމުންދާއިރު، އެ ރައްޔިތުންގެ ތެރެއިން ބޭނުންވާ މީހުންނަށް މާލޭގެ ދަފްތަރުގެ ތެރެއިން ނުވަތަ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ރަށްވެހިކަން ބަދަލުކުރެވެން ޖެހޭނެ ކަމަށެވެ.

”އެހެން މިދަންނަވަނީ މިސާލަކަށް އަޅުގަނޑުވެސް ލ. އަތޮޅަށް ބަދަލުވާން ބޭނުންވާނަމަ، އަޅުގަނޑަށްވެސް އެ އަތޮޅުން ބިމެއް ލިބިއްޖެ ކަމުގައިވާނަމަ އަދި އަޅުގަނޑުވެސް އެރަށުގައި ރަށްވެހިވާން ބޭނުންވާނަމަ އެ ފުރުސަތު އޮންނަންވާނެޔޭ. އެއީ މިއަދު ހާއްސަކޮށް މި ތަހުޒީބީ ޒަމާނުގައި، އެމީހަކު ވިހި ތަނެއްގައޭ ހުންނަން ޖެހޭނީ، އުފަން ރަށުގައޭ ހުންނަން ޖެހޭނީ، މިކަހަލަ ޒަމާނެއް ނޫން މިއީ،“ މައުރޫފް ވިދާޅުވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ ދިވެހިންނަކީ އެއް ދީނެއްގެ، އެއް ބަހަކުން ވާހަކަދައްކާ އެއްބައިވަންތަ ބަޔަކަށް ވާއިރު، ތަފާތު ރަށްރަށުގެ މީހުންނާއެކު އުޅުމުގެ ފުރުސަތު ލިބިދިނުމަކީ ދިވެހިން ތަހުޒީބީ ބަޔަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން، ވީހާވެސް ފަސޭހައިން ރަށްވެހިކަން ބަދަލުކުރެވޭނެ ގޮތަށް ގާނޫނީ ނިޒާމު ބަދަލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: