ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިވެލޮޕްމެންޓް ބޭންކުގެ ހިއްސާ ޖޭޕީ މޯގަންއަށް ދޭކަށް ނޫޅޭ، އެއީ ގޮސިޕް: ރައީސް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިވޮލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަން ކުންފުންޏަށް ދޭން އުޅޭކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވިދާޅުވެ، އެއީ ”ގޮސިޕް“ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ޑީބީއެމްގެ ހިއްސާތަކެއް ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށް ބުނެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެއީ ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށެވެ. އަދި އެފަދަ ވާހަކަތަކަކީ ”ގޮސިޕް“ގެ ގޮތުގައި ސިފަކުރެއްވިއެވެ.

”ޑިވެލޮޕްމެންޓް ބޭންކު ކަަންތަކުގައި އެއީ ވެސް ތެދު ވާހަކައެއް ނޫން. ޖޭޕީ މޯގަންއާ ގުޅުވައިގެން ތި ވިދާޅުވި ވާހަކަ ވެސް އެއީ ހަގީގަތެއް ނޫން. ވަރަށް ބޮޑަށް މި ހުންނަނީ ގޮސިޕް ފެތުރިފައި.“

އޭގެ އިތުރުން، ޕާލް ރެޒިޑެންސް މަޝްރޫއުގެ ދަށުން ޔޫއޭއީގެ ކުންފުންޏަކަށް ރަސްމާލެއިން ބިމެއް ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ ވެސް ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕާލް ރެޒިޑެންސް މަޝްރޫއު ހިންގުމަށް އެއްވެސް ބަޔަކަށް ރަސްމާލެއިން ބިމެއް ދޭން ނޫޅޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެފަދަ ވާހަކަތައް އެމަނިކުފާނާ ހިސާބަށް ވެސް އަންނަ ކަމަށާއި ނަމަވެސް، މިހާތަނަށް އިވިފައި ހުރި އެކަހަލަ ގާތްގަނޑަކަށް ހުރިހާ ވާހަކަތަކުގައި އެއްވެސް ތެދެއް ނެތް ކަމަށެވެ.

ނޮވެމްބަރު 2024 ގައި ސަރުކާރުން އަލަށް އުފެއްދި ޑީބީއެމްއަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ފެށި މުހިންމު މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ. އެހެންނަމަވެސް، ބޭންކު ހުޅުވިތާ އަހަރެއް ވެފައިވާއިރު، އެ ބޭންކުގެ އަމަލީ މަސައްކަތް އަދިވެސް ނުފެށެއެވެ. އެ ބޭންކަކީ 100 އިންސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: