ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަން ލިބޭ ރަށަކަށް ރަށްވެހިކަން ބަދަލުކުރެވޭ ގޮތަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިޔާވަހިކަން ލިބޭ ރަށަކުން އިތުރު މުއްދަތެއް ނެތި، ވަގުތުން ރަށްވެހިކަން ބަދަލުކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިސްލާހު ބަލައިނުގެނެ، ބޭރުކޮށްލައިފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މި ބިލު ހުށަހަޅުއްވަމުން މެންބަރު ކުޑޫ ވިދާޅުވީ، މި އިސްލާހުތަކުގެ ސަބަބުން ގިނަ ރައްޔިތުންތަކަކަށް ދިމާވެފައިވާ ބޮޑު ތަކުލީފަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ބިލުގެ ބަހުސަށްފަހު ނެގި ވޯޓުގައި ބިލު ބަލައިގަންނަން ނުފެންނަކަމަށް 59 މެންބަރަކު ވޯޓް ދެއްވިއިރު، ބިލު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ.

މެންބަރު ކުޑޫ ހުށަހެޅުއްވި ބިލުގައި ވަނީ، ރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނުގެ 5 ވަނަ މާއްދާގެ ފަހަތަށް ހަތަރު މާއްދާއެއް އިތުރުކުރުމަށެވެ. އެ ބިލަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުން ވާހަކަ ދެއްކެވި ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން އެ ބިލާ ދެކޮޅަށް ގިނަ ވާހަކަތަކެއް ދެއްކެވިއެވެ.

ޖުމްލަ ހަތް މާއްދާއެއް އޮންނަ އެ ގާނޫނު މިހާރު އޮންނަ ގޮތުން އެހެން ރަށަކަށް ރަށްވެހިކަން ބަދަލު ކުރެވޭނީ އެ ރަށެއްގައި އެ މީހަކު މެދުނުކެނޑި ފަސް އަހަރަށް ވުރެ ގިނަ ދުވަހު ދިރިއުޅެފައިވާ ނަމައެވެ. އެ ރަށެއްްގައި ފަސް އަހަރު ހޭދަކޮށްފައި ނުވާނަމަ، ރަޖިސްޓްރީކުރެވެނީ އެ މީހެއްގެ މަންމަ ނުވަތަ ބައްޕަ ރަޖިސްޓްރީކޮށްފައިވާ ރަށަކަށެވެ.

އެމްޑީޕީން ހުށަހެޅި އިސްލާހުގައި ވަނީ، އެހެން ރަށަކުން ބިމެއް، ގެއެއް، ފްލެޓެއް ނުވަތަ ދިރިއުޅޭނެ ތަނެއް ގާނޫނީ ގޮތުން މިލްކުވުމާއެކު، އެ ރަށެއްގެ ރަޖިސްޓްރީއަށް ބަދަލުވުމުގެ ފުރުސަތު ވަގުތުން ދިނުމަށެވެ. މީގެ ތެރޭގައި ތަރިކައިން ނުވަތަ ބިން ބެހުމުގެ ތެރެއިން، ނުވަތަ ގަނެގެން، ނުވަތަ ހަދިޔާގެ ގޮތުގައި، ނުވަތަ ކޯޓު ހުކުމަކުން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ގެދޮރު ލިބޭ ފަރާތްތައް ހިމެނެއެވެ. މި އިސްލާހުގައިވާ ގޮތުން، އެފަދަ ތަނެއް ލިބޭ ފަރާތަކުން ރަޖިސްޓްރީ ބަދަލުކުރަން ހުށަހެޅުމުން، އެ ތަނަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއްކަން ކަމާބެހޭ އިދާރާއިން ކަށަވަރު ކުރުމަށްފަހު، ފަސް އަހަރު ދިރިއުޅުމުގެ ޝަރުތަކާ ނުލައި ރަޖިސްޓްރީ ކޮށްދޭން ޖެހޭނެއެވެ.

މީގެ އިތުރުން، އެއްވެސް މީހަކަށް އެއް ފަހަރާ ދެ ރަށެއްގެ ރަޖިސްޓްރީގައި ނުހުރެވޭނެ ކަމަށާއި، އާ ރަށެއްގައި ރަޖިސްޓްރީވުމާއެކު ކުރިން އޮތް ރަށުގެ ރަޖިސްޓްރީ އަމަލީ ގޮތުން އުވިގެންދާނެ ކަމަށްވެސް މިއަދު ބޭރުކޮށްލި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: