ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯބެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަދި އެންވަޔަރަމެންޓް ކޮމިޓީއަށް!

ސޯބެ މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާކުރެއްވުން -- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ)އަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަދި އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ޖާގަ ދީފިއެވެ.

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލްކްޝަން ކާމިޔާބުކުރެއްވި، ސޯބެ މަގާމުގެ ހުވާކުރެއްވީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އޭނާ ހުވާކުރެއްވުމާއެކު މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންގެ އަދަދު 13 އަށް އަރާފައިވާއިރު، އެމްޑީޕީއަށް ކޮމިޓީތަކުން އިތުރު ދެ ޖާގަ ލިބުނެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ސޯބެއަށް ޖާގަ ދިން ދެ ކޮމިޓީ އިއުލާނުކުރައްވައިފައެވެ. އެއީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާއި އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއެވެ.

އެމްޑީޕީއަށް ކޮމިޓީތަކުން އިތުރު ދެ ޖާގަ ލިބޭ ގޮތަށް މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ ބަދަލާ ގުޅޭ ރިޕޯޓު ރިޔާސަތުން މިއަދު ހުށަހެޅުއްވިއެވެ. އެ ރިޕޯޓަށް ވޯޓަށް އެހުމުން އެމްޑީޕީގެ މެމްބަަރުން ހިމެނޭހެން 68 މެމްބަރަކު ވަނީ އެ ރިޕޯޓު ފާސްކުރަން ވޯޓު ދެއްވައިފައެވެ.

ސޯބެ ކޮމިޓީތަކަށް އައްޔަންކުރެއްވުން ލަސްވާތީ މި މަހުގެ 24 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ތަޅުމުގައި އިހުތިޖާޖުވެސް ކުރެއްވިއެވެ. އެ ބޭފުޅުން އޭރު ވިދާޅުވީ، ޕީއެންސީން މަސައްކަތްކުރަނީ މަސައްކަތް މަދު ކޮމިޓީއަކަށް ސޯބެ ލުމަށް ކަމަށެވެ. އެ އިހުތިޖާޖާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެމްޑީޕީގެ ނުވަ މެމްބަރެއްގެ ނަން އިއްވައި ތަޅުމުން ބޭރުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: