ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްފައިސާ އެކައުންޓް ޕޭޕާލް އާ ލިންކް ކުރުމަށް މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އުރީދޫގެ ސްޓޯލެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްފައިސާ އެކައުންޓް ޕޭޕާލް އާ ލިންކް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އުރީދޫ މޯލްޑިވްސްގެ ހާއްސަ ސްޓޯލެއް ގާއިމްކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ ”މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026“ ކުރިއަށްދާނީ ޖުލައި 2 އިން 4 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި އެކްސްޕޯގެ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަކީ ލިބޭ ބޮޑު ފަހުރެއް ކަމަށް އުރީދޫއިން ވަނީ ހާމަކޮށްފައެވެ. ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާ މި ހަރަކާތަކީ މާލީ ދާއިރާގެ މުހިންމު ފަރާތްތައް އެއްތަނަކުން ބައްދަލުވެ، މާލީ ހޭލުންތެރިކަމާއި އީޖާދީ ކަންކަން ކުރިއެރުވުމަށް ބާއްވާ މުހިންމު މަހާސިންތާއެކެވެ.

މި އެކްސްޕޯގައި އުރީދޫ ފިންޓެކްގެ ފަރާތުން އެ ކުންފުނީގެ ފުޅާވަމުންދާ ޑިޖިޓަލް މާލީ ނިޒާމު ދައްކާލާނެއެވެ. މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ދާދިފަހުން ތައާރަފުކުރި، އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ހިދުމަތެވެ. މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު، ސީދާ އެމް-ފައިސާ ވޮލެޓަށް ޖަމާކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

މި އީޖާދީ ހިދުމަތަކީ ރާއްޖޭގެ ފްރީލާންސަރުންނާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ޑިޖިޓަލް އިގްތިސާދުގައި ބައިވެރިވުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ. އެކްސްޕޯގައި ހުންނަ އުރީދޫގެ ސްޓޯލުން މި އެކައުންޓްތައް ލިންކްކުރުމަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ލިބޭނެއެވެ.

އެކްސްޕޯގެ ތެރެއިން ބާއްވާ ޕެނަލް މަޝްވަރާއެއްގައި އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ފިންޓެކް އަހްމަދު ނޫމާން ބައިވެރިވެވަޑައިގަންނަވާނެއެވެ. ”ޑިޖިޓަލް ޕޭމަންޓްތަކާއި މާލީ އީޖާދުތަކުގެ މުސްތަގުބަލު“ މި މައުޟޫއަށް ބާއްވާ މި މަޝްވަރާގައި، ޑިޖިޓަލް މާލީ ހިދުމަތްތަކުގެ ސަބަބުން މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުވަމުންދާ ގޮތާއި ބައިނަލްއަގުވާމީ ބާޒާރުތަކަށް މަގުފަހިވާ ގޮތުގެ މައްޗަށް އޭނާ ވާހަކަދައްކަވާނެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯގައި އުރީދޫގެ ސްޓޯލަށް ޒިޔާރަތްކޮށް، އެމް-ފައިސާއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނިން އާންމުންނަށް ދައުވަތު އަރުވައެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް މާލީ ނިޒާމު ކުރިއަރަމުންދާ މިންވަރު ދެނެގަތުމަށް ލިބޭނެ މުހިންމު ފުރުސަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: