ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކީސްޓޭޖް އެކެއްގެ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ބައިނަލްއަގްވާމީ އިމްތިހާނެއް ބާއްވަނީ

ޕްރީ ސްކޫލު ކުދިންތަކެއް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ ސްކޫލްތަކުގެ ކީސްޓޭޖް އެކެއްގެ ދަރިވަރުންނާއި، އެ އުމުރުފުރާގެ ބައިނަލްއަގްވާމީ ކުދިންގެ ނަތީޖާ އަޅާކިޔުމަށް ހާއްސަ އިމްތިހާނެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ”ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް“ ރިޕޯޓް އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، މިއަހަރުގެ ނޮވެމްބަރު މަހު މުޅިން އަލަށް ބާއްވާ މި ބައިނަލްއަގްވާމީ ފެންވަރުގެ އިމްތިހާނުގެ ސަބަބުން، ދިވެހި ދަރިވަރުންގެ ފެންވަރު ދުނިޔޭގެ އެހެން ގައުމުތަކުގެ އެ އުމުރުފުރާގެ ކުދިންނާ އަޅާކިޔައި ވަޒަންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ހެކިތަކުގެ މައްޗަށް ބިނާކޮށް ތައުލީމީ ނިޒާމު ބައްޓަންކުރުން ކަމަށް ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ މީގެ ކުރިން ކީސްޓޭޖް އެކެއް އަދި ދޭއްގެ އެސެސްމަންޓްތައް ނަގަމުން ދިޔަ ނަމަވެސް، އެ ނަތީޖާތަކަށް ރިއާޔަތްކޮށް އެކަށީގެންވާ ފިޔަވަޅުތަކެއް މީގެ ކުރިން އަޅާފައިނުވާ ކަމަށެވެ. ނަމަވެސް މިހާރު ފަށާފައިވާ އެންމެ މުހިންމު މަސައްކަތަކީ ފާއިތުވި އަހަރުތަކުގެ އެސެސްމަންޓުތަކަށް ބިނާކޮށް މަންހަޖަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކީސްޓޭޖް ތިނެއްގައި އިސްލާމާއި ދިވެހި މާއްދާގެ އިތުރުން އަލަށް ސައިންސް ހިމެނޭހެން ޖުމްލަ ފަސް މާއްދާއެއް ވަޒަންކޮށްފައިވާ ކަމަށާއި، އިސްލާމާއި ދިވެހި މާއްދާގެ ނަތީޖާ ރަނގަޅު ނަމަވެސް އެ ނަތީޖާ އިތުރަށް މަތިކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ޚާއްޞަކޮށް ހިސާބު މާއްދާގެ ނަތީޖާ ދަށްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެކަން ހައްލުކުރުމަށް މުދައްރިސުންނަށް ބޭނުންވާ ތަމްރީނު ދިނުމާއި، ކީސްޓޭޖް އެކެއްގެ މަންހަޖަށް ގެންނަ ބަދަލުތަކާއެކު ހިސާބު މާއްދާއަށް ކަނޑައަޅާފައިވާ ވަގުތު އިތުރުވެގެންދާނެ ކަމަށެވެ. އަދި ދަރިވަރުން ހިސާބު އިލްމަށް ޝައުގުވެރިވާނެ ފަދަ ގޮތަކަށް ފޮތްތައް އަލުން އެކުލަވާލުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: