ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރާނީ ހއ. އުތީމުގައި: ހީނާ

ފޮޓޯ؛ މަޖިލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރާނީ ހއ. އުތީމުގައި ކަމަށް މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

ހީނާ ވިދާޅުވީ، މިއަހަރުގެ ގައުމީ ދުވަސް ކުރިއެކޭ އެއްފަދައިން ހއ. އުތީމުގައި ފާހަގަކުރާއިރު މިގޮތަށް ފާހަގަކުރެވޭ ދުވަސްތައް ގައުމީ ފެންވަރެއްގައި ފާހަގަނުކުރިޔަސް އަތޮޅު ފެންވަރުގަޔާއި ރަށު ފެންވަރުގައި ފާހަގަކުރާނެ ކަމަށެވެ.

މިފަދަ ދުވަސްތައް މާލޭގައި ފާހަގަކުރިޔަސް ވުޒާރާގެ ފަރާތުން ރަށު ފެންވަރުގައި އަދި ކައުންސިލުތަކާއި ރަށު ރައްޔިތުންނާއި ގުޅިގެން މިފަދަ ގައުމީ ދުވަސްތައް ފާހަގަކުރުމަކީ މުހިންމު ކަމެއް ކަމަށް ހީނާ ވިދާޅުވިއެވެ.

”ރާއްޖޭގެ އެކި ރަށްރަށުގައިވެސް ގިނަ ދުވަސްތައް އެބަ ފާހަގަކުރެވޭ، މިގޮތުން ޤައުމީ ދުވަސްވެސް މިދިޔަ އަހަރު ފާހަގަކުރީ ހއ. އުތީމުގައި، މިއަހަރުވެސް ޤައުމީ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ އުތީމުގައި،“ ހީނާ

ހީނާގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ، ނަސްރުގެ ދުވަހާއި މިނިވަން ދުވަސް ފަދަ ދުވަސްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ހާއްސަ ސަމާލުކަމަކާއި އިސްކަމެއް ދެއްވައިގެން ”އޭ“ ގްރޭޑްގެ ކެޓަގަރީގެ ދުވަސްތަކުގެ ގޮތުގައި ފާހަގަކުރައްވަން ނިންމަވާފައިވާ ދުވަސްތަކެއް ކަމުގައެވެ.

ކުރިއާ ހިލާފަށް ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ނަސްރުގެ ދުވަހަކީވެސް ވަރަށް ފުޅާކޮށް ވަރަށް ހާއްސަ އަހަންމިޔަތުކަމެއް ދެއްވައިގެން ފާހަގަކުރާ ދުވަހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: