ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޑިޓް ރިޕޯޓު ހުށަހެޅީ 5 ޕާޓީއަކުން، ހުށަނާޅަނީ 2 ޕާޓީން

ސިޔާސީ ޕާޓީއެއްގެ ހަރަކާތެއް. ފޮޓޯ: ޖަޒީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުތައް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ސުންގަޑި ހަމަވިއިރު، އެ ރިޕޯޓުތައް ހުށަހަޅާފައިވަނީ ފަސް ސިޔާސީ ޕާޓީއަކުން ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުތައް ހުށަހެޅި ގޮތުގެ ތަފްސީލްތައް އާންމުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓު ހުށަހަޅާފައިވާ ޕާޓީތަކަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ)، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އެވެ.

މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ އެންމެ ފަހުގެ ތާރީހަކީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހެވެ. ނަމަވެސް، އެ މުއްދަތު ހަމަވިއިރުވެސް ދެ ޕާޓީއަކުން ރިޕޯޓު ހުށަހަޅާފައި ނުވާކަން ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އޮޑިޓް ރިޕޯޓު ހުށަނާޅާ ދެ ޕާޓީއަކީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ކޮންމެ އަހަރަކުވެސް ޕާޓީތަކުގެ އޮޑިޓް ރިޕޯޓު ތައްޔާރުކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: