ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުޑް ކޯޓުތަކުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރި 27 ބިދޭސީން ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކުގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 27 ބިދޭސީއަކު މޯލްޑިވްސް އިމިޤްރޭޝަނުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި އިމިޤްރޭޝަން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިގެން ހިންގި މި ރެއިޑް އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެއެވެ. މީގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ލިޔެކިޔުން ފުރިހަމަނުވާ އަދި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 27 މީހުންނެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ ”އޮޕަރޭޝަން ކުރަނގީ“ ގެ ދަށުން މިހާތަނަށް ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. ސަރުކާރުން ވަނީ އަންނަ އަހަރުން ފެށިގެން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފެނިއްޖެނަމަ، އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތްތައް ކުރިއަށް އޮތް 6 މަސް ދުވަހުވެސް މެދުނުކެނޑި ކުރިއަށްދާނެއެވެ.

މިހާރު ކުރިއަށްދާ އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގެ ދަށުން، 2895 މީހުން ހޯދައި ޑީޕޯޓުކުރުމާއި، ޤަވާޢިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމަކީވެސް މި ފޭސްގެ މުހިންމު އަމާޒެކެވެ.

ވިޔަފާރިތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ ދެއްކުމަށް ބާރު އެޅުމުގެ ގޮތުން، މިހާރު ފީ ނުދެއްކި ހުރި ފަރާތްތަކަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ. މިއީ ދިވެހި ވިޔަފާރިވެރިން އެ ފަރާތްތަކުގެ ދަށުން މަސައްކަތް ކުރާ ބިދޭސީން ޤަވާއިދުގެ ތެރެއަށް ފެއްތުމަށް ލިބިގެންދާނެ ބޮޑު ހިތްވަރެއް ކަމަށް ސަރުކާރުން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: