ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްއިން ކަނޑައެޅި އައު އުސޫލު: އޮޑިވެރިންނަށް ބޮޑެތި ގެއްލުން!

މާލެ ނޯތު ހާބަރުގެ މަންޒަރު/ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ނޯތު ހާބަރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަލަށް އަމަލުކުރަން ފެށި ކިޔޫ އުސޫލުގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރަށާއި އޮޑިވެރިންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެއްޖެ އެވެ. މި މައްސަލައިގެ ސީރިއަސްކަން ބޮޑުވެ، އެމްޕީއެލްގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ހާޒިރުކުރުމަށް މިހާރު ވަނީ ހުށަހަޅާފަ އެވެ.

އެމްޕީއެލުން ތައާރަފުކުރި އައު އުސޫލުގެ ދަށުން، ބަނދަރަށް ކައިރިކުރުމަށްޓަކައި ބޯޓުފަހަރުތަކުން ދިގު އިންތިޒާރެއް ކުރަންޖެހެއެވެ. ގިނަ އޮޑިވެރިން ފާހަގަކުރާ ގޮތުގައި، ބަނދަރަށް ކައިރިކުރަން 10 ދުވަހާއި، 15 ދުވަހާ ދެމެދުގެ މުއްދަތަކަށް ކިޔޫގައި މަޑުކުރަން ޖެހެއެވެ. މީގެ ސަބަބުން މުދާ ބޭލުމުގެ ނިޒާމަށް ބޮޑު ބުރަކަމެއް އައިސް، މުޅި ސަޕްލައި ޗެއިންއަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ.

މި ބަދަލުގެ ސަބަބުން އެންމެ ބޮޑު ދައްޗެއް ކުރިމަތިވަނީ އޮޑިވެރިންގެ އާމްދަނީ އަށެވެ. ކުރިން މަހެއްގެ މައްޗަށް ދެތިން ދަތުރުކުރާ ބޯޓުފަހަރަށް، މިހާރު ކުރެވެނީ އެންމެ ދަތުރެކެވެ. ބޯޓު ފަޅުވެރިންގެ މުސާރައާއި، ކާބޯތަކެއްޗާއި، ބޯޓު ބެލެހެއްޓުމުގެ ޚަރަދު ހިނގަމުންދާއިރު، ދަތުރުތައް މަދުވުމަކީ އޮޑިވެރިން ބޮޑު ދަރަންޏެއްގެ ތެރެއަށް ވެއްޓިދާނެ ކަމެކެވެ. މިއީ ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބޭ ވަރަށް ބޮޑު ހީނަރުކަމެކެވެ.

މާލޭގެ ބޭރުމަގު ފުޅާކުރުމުގެ މަޝްރޫއު ކުރިއަށްދާތީ، ބޯޓުފަހަރު އަޅާނެ ޖާގަ ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ. އޮޑިވެރިންގެ އަނެއް ކަންބޮޑުވުމަކީ، ބައެއް ޒޯންތަކުން ފީ ނެގި ނަމަވެސް، އެކަށީގެންވާ އަސާސީ ޚިދުމަތްތައް ނުލިބުމެވެ. ފެނާއި ނަރުދަމާ ފަދަ ޚިދުމަތްތަކުގެ ދަތިކަން ހުރި އިރު، ބަނދަރުގެ އިންތިޒާމުތައް ހުރީ އޮޑިވެރިންނަށް އެންމެ ފަހި ގޮތަކަށް ނޫންކަން ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އެމްޕީއެލުން ބުނާ ގޮތުގައި މި އުސޫލަކީ ބަނދަރުގެ ތަރުތީބު ހިފެހެއްޓުމަށް އެކުލަވާލާފައިވާ އުސޫލެކެވެ. ނަމަވެސް، ކިޔޫ ތަރުތީބުން ޖާގަ ދިނުމަށް ގުޅުމުން ދެ ގަޑިއިރު ތެރޭގައި ކައިރި ނުކުރެވިއްޖެ ނަމަ، އެ އުޅަނދެއް ކިޔޫއިން ވަގުތީ ގޮތުން ’ހޯލްޑް‘ ކުރާ ގޮތަށް އޮތް އޮތުމަކީ އޮޑިވެރިންނަށް އިތުރު ތަކުލީފެއް ކުރިމަތިވާ ކަމެކެވެ. ކަނޑުމަތީގެ ހާލަތާއި އެހެނިހެން ދަތިތަކަށް ބަލާއިރު، ދެ ގަޑިއިރަކީ ވަރަށް ކުރު މުއްދަތެއް ކަމަށް އޮޑިވެރިން ބުނެ އެވެ. އޮޑިވެރިންނަށް ލިބޭ ގެއްލުމުގެ ސަބަބުން މުދަލުގެ އަގު އުފުލި، އާންމު ރައްޔިތުންނަށް އޭގެ ބުރަ އުފުލަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: