ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެލްޖިއަމާއި އީޔޫގެ ސަފީރަކަށް ދިޔާނާ އައްޔަން ކުރުމަށް ރުހުން ހޯދަނީ

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދު (އީޔޫ) އަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާޠިމަތު ދިޔާނާ ސަޢީދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވައިފައެވެ.

ދިޔާނާ ސަޢީދަކީ ދައުލަތުގެ މަތީ މަގާމުތަކެއް ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެކަމަނާ ވަނީ ބަންޑާރަނައިބުކަމާއި، ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން އަދި ޖެންޑާ މިނިސްޓަރުކަން ކުރައްވާފައެވެ. ދިޔާނާއަކީ ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާވެސް މެއެވެ.

ދިޔާނާގެ އިތުރުން އިތުރު ދެ ބޭފުޅަކު ސަފީރުކަމަށް އައްޔަންކުރެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ. އެގޮތުން ޤަތަރުގެ ސަފީރުކަމަށް އާދަމް ޝަރީފް ޢުމަރު އަދި ޔޫއޭއީގެ ސަފީރުކަމަށް ޠާރިޤް އިބްރާހީމް އައްޔަންކުރެއްވުމަށް ވަނީ ހުށަހަޅުއްވާފައެވެ.

މި ބޭފުޅުންނަކީ މީގެ ކުރިން އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކުރައްވާފައިވާ ބޭފުޅުންނެވެ. މަޖިލީހުގެ ކޮމިޓީން މި ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްފަހު، ރުހުން ދިނުމާމެދު ގޮތެއް ނިންމުމަށް ތަޅުމަށް ފޮނުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: