ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުއި ލިބޭ އިސްލާހެއް މަޖިލީހަށް

ޕްލާސްޓިކް ކޮތަޅުން ނަގާ ފީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްލާސްޓިކް ކޮތަޅުން ނަގަމުންދާ ފީއަށް ލުއިތަކެއް ދިނުމަށާއި، ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކުނި މެނޭޖުކުރުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ހުށަހަޅައިފިއެވެ.

މި އިސްލާހުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ 50 ކޮތަޅަށްވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިން ފީ ނެގުން ހުއްޓާލުމަށް ބިލުގައި ހިމަނާފައިވާ ހިމެނުމެވެ.

މި ބިލުގައި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމަށާއި، ކުނި މެނޭޖުކުރުމުގެ އުސޫލުތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ގައުމީ މާސްޓަރ ޕްލޭނާއި ސިޓީތަކުގެ ޕްލޭންތަކާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުން މި ބިލުން ލާޒިމްކުރެއެވެ.

އިގްތިސާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ހާއްސަ ސިޔާސަތުތަކެއް އެކުލަވާލުމަށް ބިލުގައި ބާރުއަޅާފައިވެއެވެ. އަދި ކުނި މެނޭޖުކުރާ މަރުކަޒުތަކާއި އެތަންތަނުގައި ބޭނުންކުރާ ވަސީލަތްތައް ހުންނަންޖެހޭ ވަކި މިންގަނޑުތަކެއް ކަނޑައެޅުމަށްވެސް ވަނީ ހިމަނާފައެވެ.

މި އިސްލާހުތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ނިޒާމަށް ދެމެހެއްޓެނެވި އަދި ވަށާޖެހޭ ހައްލެއް ހޯދައިދިނުމެވެ. މި ބަދަލުތަކާއެކު އާންމުންނަށް ކޮތަޅު ފީގެ ސަބަބުން ކުރިމަތިވާ ތަކުލީފުތަކަށް ލުޔެއް ލިބި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: