ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި ތާރުއަޅަން ފަށައިފި

ފޮޓޯ މީސްމީޑިއާ މަންސަ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އެ މަގުގެ ބޮޑު ބައެއްގައި ރޭ ތާރު އަޅައިފިއެވެ.

މިއީ މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށާއި، މަގުތައް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި، ފުރަތަމަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީ ހުރި އިމާރާތާ ހަމައަށް މިހާރު ވަނީ ތާރު އަޅައި ނިމިފައެވެ. އަދި ފޮރިން މިނިސްޓްރީން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފްތާގައި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ހަތަރު ލޭނަށް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މަގުގެ ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ އިތުރުން، މަގު ބޭނުންކުރާ މީހުންނަށް ފަސޭހަވާނެހެން ގިނަ އަދަދެއްގެ ގަސް އިންދައި އެ ސަރަހައްދު ފެހިކުރުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން، މާލޭ ފަޅުން ބައެއް ހިއްކައިގެން ބީއެމްއެލް އިމާރާތުގެ ކުރިމަތީގައި ގިނަ އަދަދެއްގެ ސައިކަލް ޕާކް ކުރެވޭނެ ސަރަހައްދަކާއި، މަސްވެރިންގެ ޕާކު ސަރަހައްދު ވެސް ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތްތަކުގެ ސަބަބުން މާލޭގެ އުތުރު ފަރާތުގެ ބާރުބޮޑު ސަރަހައްދުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދު ތަރައްގީކޮށް ނިންމުމަށްފަހު، މި މަހުގެ 26 ވަނަ ދުވަހު އާންމުންނަށް ހުޅުވާލުމަށް ވަނީ ތާވަލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: