ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ އެމްޑީގެ މަގާމުގައި ހުރި މުއާޒް ފެން ކުންފުނީގެ ޑީއެމްޑީއަކަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ކުރިން ހުންނެވި މުއާޒު މުހައްމަދު ރަޝީދު މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުގެ ފެން ކުންފުނި ކަމަށްވާ އެމްޑަބްލިއުއެސްސީގެ ޑީއެމްޑީއަކަށް މުއާޒު އައްޔަންކުރީ އެ ކުންފުނީގެ ބޯޑުން ފާސްކޮށްގެންނެވެ.

ސަރުކާރުގެ އެއްވެސް ކުންފުންޏެއް ނުވަތަ އިދާރާއެއްގެ ތެރޭގައި ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ 24 ގަޑިއިރު ނުވަނީސް މުއާޒް މަގާމުން އިސްތިއުފާ ދެއްވީ ފެނަކައިގެ މާލީ ހާލަތު ގޯސްވެފައި ވާތީ ކުރިޔަށް ދިއުމަށް އަލިމަގެއް ނެތްކަމަށް ބުނެއެވެ. އެހެންނަމަވެސް މުއާޒަށް ވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ސިޓީގައި ފެނަކައިގެ ހާލަތު ގޯސްކަމަށް އޮތް ނަމަވެސް، ކުންފުންޏަށް ދަތިތަކުން އަރައިގަނެވެމުންދާކަމަށާއި ދަރަނީގެ ބޮޑު އަދަދެއް ދައްކާފައިވާނެކަމަށް މުއާޒް ވަނީ އިސްތިއުފާގެ އެއް ދުވަސް ކުރިން ވިދާޅުވެފައެވެ. އަދި މުއާޒް މަގާމުން އިސްތިއުފާ ދެއްވުމާއެކު ސަރުކާރުގެ ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނޯންނާނެކަމަށް ބުނެ ޕޯސްޓުތައްކޮށްފައެވެ.

މުއާޒަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ގާނޫނާއި ހިލާފަށް ޕްރޮކިއުމަންޓުތައް ހިންގުމާއި ބޭކާރު ބޮޑެތި ހަރަދުތައް ކުރުން އަދި ދޯންޏެއްގެ މައްސަލައެއް ހިމެނެއެވެ. މި ތުހުމަތުތައް ދޮގުކޮށް މުއާޒް ވިދާޅުވީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށެވެ. އަދި ސަރުކާރުން އެ ޕޯސްޓުތަކުގައި ބުނާ ފަދަ އެއްވެސް ތުހުމަތެއް ނުކުރާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: