ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވޯޓިން ނިޒާމަކަށް މިވަގުތު ދިއުމަށް މުޖުތަމައު ތައްޔާރެއް ނޫން: ޝަކީލް

އީސީގެ ރައީސް ކަމަށް އައްޔަން ކުރި ޝަކީލް. --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޓްރޯނިކް ވޯޓިން ނުވަތަ އީވޯޓިން ނިޒާމަކަށް މިވަގުތު ދިއުމަށް މުޖުތަމައު ތައްޔާރެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މީގެ ސަބަބެއްގެ ގޮތުގައި ޝަކީލް ވަނީ ރައްޔިތުން އީވޯޓިން ނިޒާމަކީ ކޮބައިކަމާއި އެ ފަންކްޝަން ކުރާގޮތާއި މެދު ވަރަށް ބޮޑަށް ހޭލުންތެރި ކުރުވަން ޖެހޭކަން ވިދާޅުވެފައެވެ. މިގޮތުން އީވޯޓިންގއަށް ރައްޔިތުން ހޭލުންތެރިކުރުވުމަށްފަހު ރައްޔިތުން އެކަމަށް ތައްޔާރުކަން ކަށަވަރުވާ ހިސާބުން ނޫނީ އީވޯޓިންއަކަށް ދިއުން ބުއްދިވެރި ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

”ރައްޔިތުން އީވޯޓިން ނިޒާމަކީ ކޮބައިކަމާއި އެ ފަންކްޝަން ކުރާގޮތާއި މެދު ވަރަށް ބޮޑަށް ހޭލުންތެރި ކުރުވަން ޖެހޭ، ދިގު ދެމިގެންދާ ގޮތަކަށް އީވޯޓިންގއަށް ރައްޔިތުން ހޭލުންތެރިކުރުވުމަށްފަހު ރައްޔިތުންގެ ފަރާތުން ރައްޔިތުން އެކަމަށް ތައްޔާރުކަން ކަށަވަރުވާ ހިސާބުން އީވޯޓިންއަކަށް ދާންވާނީ،“ ޝަކީލް

ޝަކީލްވަ ނީ އީވޯޓިންގއާމެދު އިތުބާރު އުފެއްދުމަށް ޓަކައި ރައްޔިތުންނަށް ހަގީގީ މައުލޫމާތު ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އީވޯޓިންއަކަށް ދާންވާނީ ރައްޔިތުން އެކަމަށް ފުރިހަމައަށް ތައްޔާރުވެ، އެ ނިޒާމަށް އިތުބާރު އޮތްކަން ކަށަވަރުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގިނަ އިންތިޚާބުތަކެއް ކައިރި ކައިރީގައި ބޭއްވުމަކީ ދައުލަތައް ވަރަށް ޚަރަދު ބޮޑު ކަމެއްކަމަށާއި ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީ އާއި ޤާނޫނުތައް އިސްލާހުކޮށްފިނަމަ އިންތިޚާބުތައް އެކުގައި ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ، ޤާނޫނު ހަދާ ފަރާތްތަކުން ޤާނޫނުތަކަށް އެ އިސްލާހުތައް ގެނެސް އިންތިޚާބުތައް އެއްކޮށް ބާއްވަން ނިންމައިފިނަމަ އެކަން އެއެގޮތަށް ކުރައްވާނެކަމަށެވެ.

”ގާނޫނު ހަދާ ފަރާތްތަކުން އެ ގާނޫނުތަކަށް އެ އިސްލާހުތައް ގެނެސް އިންތިހާބުތައް އެއްކޮށް ބާއްވަން ނިންމަވައިފިނަމަ އަޅުގަނޑުމެން އޭގައި އެއްކޮށް ބާއްވާނީ،“ ޝަކީލު ވިދާޅުވިއެވެ.

ހަރަދަށާއި މަސައްކަތަށް ބަލާއިރުވެސް ކައިރިކައިރީގައި އިންތިޚާބުތަކެއް ބޭއްވުމަށްވުރެ އިންތިޚާބުތައް އެއްކޮށް ބާއްވައިފިނަމަ ރައްޔިތުންގެ ފައިސާއިން އިންތިޚާބުތަކަށް ކުރަންޖެހޭ އެތައް މިލިއަން ފައިސާއެއް ސަލާމަތްކުރެވި ރައްޔިތުންގެ އެހެން ބޭނުންތަކަށް ރައްކާކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

”ކައިރި ކައިރީގައި ގިނަ އިންތިޚާބުތަކެއް ބޭއްވުމަށް ވުރެ އިންތިޚާބުތައް އެއްކޮށް ބާއްވައިފިނަމަ ރައްޔިތުންނަށް ރައްޔިތުންގެ ފައިސާއިން ދައުލަތުން އިންތިޚާބުތަކަށް ކުރަންޖެހޭ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ރައްޔިތުންގެ އެހެން ބޭނުންތަކަށް މަގުފަހިވެގެންދާނެ“ ޝަކީލް

އޭނާ ވިދާޅުވީ، އެހެންކަމުން ޤާނޫނު ހަދާ ފަރާތްތަކުންވެސް މިކަމާއި ދޭތެރޭ ވިސްނަވާ ވަޑައިގަންނަވާނެކަމަށް އޭނާ އުންމީދު ކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: