ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ތާރިހުގައިވެސް ފުރަތަމަ ފަރަހަށް އުމްރާގެ ދަތުރުތައް އައްޑޫއިން ސައުދީއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖެއިން އުމްރާ އަދި ހައްޖަށް ދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް އައު އެތަށް ޚިދުމަތްތަކެއް ވަނީ ތައާރަފްކޮށްފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް ކުރާ އުމްރާ ދަތުރުތައް މާދަމާ ފަށާނެ ކަމަަށެވެ.

މޯލްޑިވިއަންގެ އޭ330 މަތިންދާބޯޓުގައި ކުރާ މި ތާރީޚީ ދަތުރަކީ، އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މުހިންމު މަސައްކަތް ޙަޤީޤަތަކަށް ހައްދަވައިދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވި ދުރުވިސްނުންފުޅާއި ދެއްވި ލަފާފުޅަށް ވަޒީރު ވަނީ ރައީސްއަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ފުރަތަމަ ފަހަރަށް ޢުމްރާ ދަތުރުތައް ފަށާފައިވަނީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ގައެވެ. ފުރަތަމަ ދަތުރުގައިވެސް 750 އަށްވުރެ ގިނަ އުމްރާވެރިން ދަތުރު ކުރިއެވެ. މޯލްޑިވިއަންއިން ޢުމްރާ ދަތުރުތަކުގައި ބޭނުންކުރަނީ، އެއަރބަސް ވައިޑް-ބޮޑީ މަތިންދާބޯޓެވެ. މޯލްޑިވިއަނުން އުމްރާ ދަތުރުތައް ފަށާފައިވާއިރު، މިދިޔަ އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހައްޖާޖީން ސައުދީއަށް ގެންދިއުމަށްވެސް އެ އެއަރލައިނުން ވަނީ ދަތުރުތައް ބާއްވާފައެވެ.

ފަހަކަށް އައިސް ދިވެހިރާއްޖެއިން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްދާ މީހުންގެ އަދަދު ވަނީ، ބޮޑުތަނުން އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: