ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުއިއްޒު ޤަތަރަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ހެނދުނު ޤަތަރަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ޤަތަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލް ސާނީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ރައީސްގެ މި ދަތުރުފުޅަކީ ޤަތަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލް ސާނީ އަށާއި ޝާހީ ޢާއިލާއަށް އިޙްތިރާމް އަދާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ޝައިޚް ޙަމަދު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވުމަށް ބޭރުގެ އެހެން ޢިއްޒަތްތެރިންވެސް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޝައިޚް ޙަމަދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވަނީ މީސްމީޑިއާ މެދުވެރިކޮށް ތަޢުޒިޔާ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ޤަތަރުގެ ތަރައްޤީއާއި ކުރިއެރުމަށް ބޮޑު ދައުރެއް އަދާކުރެއްވި ޝައިޚް ޙަމަދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށެވެ. އަދި ޤަތަރުގެ އަމީރަށާއި، ޝާހީ ޢާއިލާއަށާއި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސް ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.

އުމުރުފުޅުން 74 އަހަރުގައި އަވަހާރަވި ޝައިޚް ޙަމަދަކީ 1995 އިން 2013 އަށް ޤަތަރުގައި ވެރިކަން ކުރެއްވި، އެ ޤައުމު ޒަމާނީ ފެންވަރަށް ބިނާކުރުމުގެ މޭސްތިރިޔާއެވެ. އެމަނިކުފާނުގެ ޒަޢާމަތުގައި ޤަތަރުގެ އިޤުތިޞާދީ ދުވެލި ބާރުވެ، އުފެއްދުންތެރިކަން 24 ގުނަ އިތުރުވެގެން ދިޔައެވެ. ޚާއްޞަކޮށް ތެލާއި ގޭހުގެ ސިނާޢަތް ފުޅާކުރައްވައި، ޤަތަރަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ޤައުމަކަށް އެމަނިކުފާނު ހެއްދެވިއެވެ.

ޝައިޚް ޙަމަދަކީ ދިވެހިރާއްޖެއަށްވެސް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން ރާއްޖޭގައި މިސްކިތްތައް ބިނާކުރުމާއި މަރާމާތު ކުރުމުގެ އިތުރުން، ތަޢުލީމީ ދާއިރާއިންވެސް އެހީތެރިކަން ދެއްވާފައިވެއެވެ. ލ. ގަމުގައި ހުންނަ ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ (ހަމަދު ސްކޫލް) އަކީ އެމަނިކުފާނުގެ ދީލަތި އެހީގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު ބިނާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: