ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރާނީ ލޯކަލް ކައުންސިލްތަކާއި ގުޅިގެން: ސީޕީ

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރައްވާނީ ލޯކަލް ކައުންސިލްތަކާއި މުޖުތަމައާ ގުޅިގެން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުންތަޒިމް އިބްރާހީމާއި ކާށިދޫ ކައުންސިލްގެ ރައީސް ޞަބާޙް މުޙައްމަދު އަދި ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމުގައި ލޯކަލް ކައުންސިލްތަކާއި މުޖުތަމައާ ގުޅިގެން މަސައްކަތްކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް އިސްކަންދޭ ކަމެއްކަން ސީޕީ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކާށިދޫގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ރަށުގެ އިޖުތިމާއީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ފުލުހުންނާއި ކައުންސިލާ ދެމެދު އޮތް ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުންވެސް ވަނީ ރަށުގެ ކަންބޮޑުވުންތައް ދެނެގަނެ، ކުރިމަތިވާ މައްސަލަތަކަށް އަވަސް އަދި އެދެވޭ ހައްލެއް ހޯދުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ރަށުގައި ފުލުހުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ދެ ފަރާތުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.

ކާށިދޫ ކައުންސިލްގެ ރައީސްއާއި މެންބަރުން ވަނީ މިހާރުވެސް ކާށިދޫގައި މަސައްކަތްކުރަމުންދާ ފުލުހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ފުލުހުންގެ ފަރާތުން ރަށުގެ މުޖުތަމައަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކާއި އެހީތެރިކަމަށްޓަކައި ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: