ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީޓީ ހަދަން ބޭނުންވާ ޑޮލަރުގެ 75 އިންސައްތަ ހޯދަން ޖެހެނީ ކަޅު ބާޒާރުން: އީވާ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ޑޮލަރުގެ ތާށިކަމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ”ޑޮލަރެއް ނެތް“ ނަމުގައި ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ، މިހާރު ރާއްޖޭގެ ވިޔަފާރިވެރިންނަށް ޑޮލަރު ލިބުމުގައި އިންތިހާއަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އީވާ ފާހަގަކުރެއްވި ގޮތުގައި، އެއްލައްކަ ޑޮލަރުގެ ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) އެއް ހަދާއިރު، އޭގެ ތެރެއިން 75 އިންސައްތައަށްވާ ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުންނެވެ. ބޭންކުތަކުން ޑޮލަރު ދޫކުރާ މިންވަރު މަދުވުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑު އަގުގައި ކަޅު ބާޒާރުން ޑޮލަރު ގަންނަން މަޖުބޫރުވާކަމަށާއި، މީގެ ސަބަބުން މުދަލުގެ އަގު އުފުލި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރާ އަސަރާ ގުޅޭގޮތުން ވާހަކަދައްކަވަމުން އީވާ ވިދާޅުވީ، ”ވިޔަފާރިތަކުން މުދަލުގެ ނުވަތަ ޚިދުމަތްތަކުގެ އަގު ބޮޑުކުރީމައި އޭގެ ސަބަބުން ކޮންމެ ގެޔަކުން ފިހާރައަކަށް ވަދެލާ ކޮންމެ ފަހަރަކު ދަތް އުނގުޅާ ބޭސްފުޅިއެއް ގަތަސް ޝޭމްޕޫ ފުޅިއެއް ގަތަސް މޭވާ ވިޔަސް ތަރުކާރި ވިޔަސް ފަރުނީޗަރުވިޔަސް އެއްކަލަ ވިޔަފާރިއަށް އަގުބޮޑުވީމަ ކޮންމެ ގޭބީސީއަކަށް އެކަން ތަހައްމަލުކުރަން އެބަޖެހޭ“ ކަމަށެވެ.

އީވާ އިތުރަށް ވިދާޅުވީ، ސިޔާސީ ބޭފުޅުން މި ވާހަކަ ނުދެއްކެވި ނަމަވެސް، މިއީ މިއަދު ދިވެހި ހުރިހާ ރައްޔިތުން އަމަލީ ގޮތުން ތަހައްމަލު ކުރަމުންދާ ހަގީގަތެއް ކަމަށެވެ. މި ޕެނަލް ޑިސްކަޝަންއަކީ ރާއްޖޭގެ މިހާރުގެ މާލީ ހާލަތާއި، ބޭރު ފައިސާގެ ރިޒާވް ދަށްވަމުންދާ ދިއުމާ މެދު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް އެމްޑީޕީން އިންތިޒާމުކުރި ހަރަކާތެކެވެ.

ރޭގެ ބައްދަލުވުމުގައި އިގްތިސާދީ ދާއިރާގެ ބައެއް މާހިރުުންނާއި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން، މިހާރުގެ ސަރުކާރުން އިގްތިސާދު މެނޭޖުކުރުމުގައި އިހުމާލުވަމުންދާ ކަމަށް ތުހުމަތުކުރެއްވިއެވެ. ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ސަރުކާރުން ބުނަމުންދަނީ އިގްތިސާދު ހަމަ މަގަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: