ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި އެތެރެކުރުން މަނާކޮށް ޕްލާސްޓިކް ކޮތަޅުން ނަގާ ޑިއުޓީއަށް ލުއިދޭ ބިލު ކޮމިޓީއަށް

ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމަށާއި، ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުއިތަކެއް ދިނުމަށް ގާނޫނަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

މި އިސްލާހުގެ ދަށުން އެންމެ މުހިންމު އެއް ބަދަލަކީ ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުން މަނާކުރުމެވެ. މީގެ އިތުރުން، ޕްލާސްޓިކް ކޮތަޅު ހޯލްސޭލްކޮށް ގަންނައިރު ކޮތަޅަކަށް ނަގަމުން އަންނަ 2 ރުފިޔާގެ ފީއަށް ބޮޑެތި ލުއިތަކެއް ދިނުމަށް ވަނީ ހުށަހަޅާފައެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި އިސްލާހުގައިވާ ގޮތުން، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ކޮތަޅު ހިމެނޭ ބޮނޑިތަކުން ފީ ނެގުން ހުއްޓާލެވޭނެއެވެ. މިއީ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ޕްލާސްޓިކް ކޮތަޅު ގަންނައިރު ކުރިމަތިވާ މާލީ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަށް ހުށަހެޅި ބަދަލެކެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމަށްފަހު، މިހާރު ވަނީ އިތުރަށް ދިރާސާކުރުމަށްޓަކައި ކަމާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީ މަރުހަލާގައި މި ބިލަށް ގެންނަންޖެހޭ އިތުރު ބަދަލުތަކާއި އޭގެ ސަބަބުން ނުކުމެދާނެ ނަތީޖާތަކަށް ބަލާނެއެވެ.

ކޮތަޅުން ފީ ނެގުން އިސްތިސްނާ ކުރުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީއަށް އަސަރުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. މި ބަދަލާއެކު ދައުލަތަށް ލިބޭ އާމްދަނީ މިހާރަށްވުރެ ދަށްވާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ތިމާވެށި ރައްކާތެރިކުރުމުގެ ސިޔާސަތުތަކަށް އަންނާނެ ބަދަލެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: