ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ރައީސަކަށް ޤާނޫނު ތަރުޖަމާނު ކުރުމުގެ ދައުރެއް ނެތް: މަވޯޓާ ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ޤާނޫނު ތަރުޖަމާ ކުރުމުގެ އެއްވެސް ދައުރެއް އޮތް ފަރާތެއް ނޫން ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، މަޖިލިސް ރައީސްގެ ދައުރަކީ ހުރިހާ މެންބަރުންގެ މެދުގައި ހަމަހަމަކަން ޤާއިމްކޮށް، މަޖިލީހުގެ ކަރާމާތް ހިފެހެއްޓުން ކަމަށާއި، ޤާނޫނު ތަރުޖަމާ ކުރުމަކީ އެމަނިކުފާނުގެ ދައުރެއް ނޫން ކަމަށެވެ.

ޝަރީފް ވިދާޅުވީ ޤާނޫނު އަސާސީ އާއި ޤާނޫނެއްގައި ތަރުޖަމާކުރަން ނުވަތަ މާނަ ކުރަންޖެހޭ ކަމެއް އޮވެއްޖެނަމަ އެކަން ކުރާނީ ސުޕްރީމް ކޯޓުން ކަމަށެވެ. އަދި ޤާނޫނު އަސާސީއަށް ބަދަލެއް ގެންނަން ބަންޑާރަ ނައިބު އެދިވަޑައިގެންފި ޙާލަތެއްގައި މަޖިލީޙަށް އެކަން ކުރެވިދާނެތޯ ނުވަތަ ނޫން ބަހުޘް ކުރުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޤާނޫނު އަސާސީ އިސްލާހު ކުރަން ބަންޑާރަ ނައިބު އެދިވަޑައިގެންފި ނަމަ މަޖިލީހަށް ކުރެވޭނެ ކަމަކީ އެ ގޮތަކަށް ޤާނޫނު އަސާސީ އިސްލާހު ކޮށްދިނުން ނުވަތަ ނުކޮށް ދިނުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޤާނޫނު އަސާސީ މިހާރު އޮތް ގޮތުން މި ދަނޑިވަޅުގައި އިސްލާހެއް ގެނެއްސި ނަމަ ފަހަރެއްގައި މައްސަލަތަކެއް ނުކުމެދާނެ ކަމަށް ބުނެ ބަހުޘް ކުރުމުގެ މާނައެއް ނެތް ކަމަށާއި ޤާނޫނު އަސާސީއާ ޚިލާފަށް މަޖިލީހުން އަމަލުކޮށްފިއްޔާ އެކަން ނިންމުމާއި ޤާނޫނު މާނަކުރުން އޮތީ ސުޕްރީމް ކޯޓަށް ކަމަށެވެ.

”އަޅުގަނޑުމެން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރީމަ ޤާނޫނު އަސާސީއަށް އަމަލުކުރަން ފަށާނެ، ޤާނޫނު އަސާސީއާ ޤާނޫނުތައް މާނަކުރުމާއި ޤާނޫނުތަކާއި ތަޢާރަޒްވޭތޯ ބެލުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަމެއް ނޫން، އެއީ ރައްޔިތުންގެ މަޖިލީހުގެ މެންޑޭޓެއް ނޫން، ޤާނޫނު ހެނދުން އެއީ ރައްޔިތުންގެ މަޖިލީހުގެ މައްސޫލިއްޔަތަކީ“ ޝަރީފް

ޝަރީފް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޤަވައިދު ބަޔާންކުރާ ގޮތުން މަޖިލީހުގެ ރައީސަށް އެއްގޮތަކަށްވެސް ބަހުޘްތަކުގައި ބައިވެރިވެޑައި ނުގެންނެވޭނެ ކަމަށެވެ. އަދި އެކަން މަޖިލީހުގެ ރައީސަށް އޮޅިވަޑައިގެންފައިވާހެން ހީވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ބޭނުންފުޅުވެލައްވާ ލަފައެއް ހޯދުމަކީ އެހެން ކަމެއް ކަމަށާއި، ނަމަވެސް އެމަނިކުފާނު ކަމެއް ނިންމަވަން ބޭނުންފުޅުވާ ގޮތެއްގެ ޚިޔާލެއް މަޖިލީހަށް ދެއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ. ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު، މަޖިލީހުގެ އިއްޒަތާއި ޤަދަރާއި އަދި ކަރާމާތް ހިފެހެއްޓުމުގެ އެންމެ އިސް ފަރާތަކީ މަޖިލީހުގެ ރައީސް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: