ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު ބޭއްވެންދެން، މިހާރު ތިބި މެންބަރުންނަށް މަޤާމުގައި ދެމިތިބެވޭގޮތަށް ބިލެއް ހުށަހަޅައިފި

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފު. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން، މަޤާމާ ހަވާލުވަންދެން، މިހާރު އިންތިޚާބުވެފައި ތިބި މެންބަރުންނަށް އެ މަޤާމުގައި ދެމިތިބެވޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި، ފުރަތަމަ ކިޔުން އިއްވި މި ބިލަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފު ހުށަހެޅުއްވި ބިލެކެވެ. އެގޮތުން ހަސަން ލަތީފް ހުށަހެޅުއްވި މި ބިލަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، ހިނގަމުންދާ ކައުންސިލުތަކުގެ ޢުމުރުހަމަވާއިރު، އައު ކައުންސިލެއް އިންތިޚާބު ނުކުރެވެމުގެ ސަބަބުން ކުރިމަތިވެދާނެ ޤާނޫނީ ހުސްކަމަށް ހައްލު ހޯދުމަށްޓަކައި ހުށަހަޅާފައިވާ ބިލެކެވެ.

މީގެ އިތުރުން، އައު ކައުންސިލެއް އިންތިޚާބު ނުކުރެވެމުގެ ސަބަބުން ޤާނޫނީ ހުސްކަމެއް ކުރިމަތިވާނޭކަން އެނގޭއިރު، ޤާނޫނު އަސާސީގެ 230 ވަނަ މާއްދާ ނިޔާކުރާގޮތުން، ދިވެހިރާއްޖޭގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން މެނުވީ ނުހިންގޭނެކަމަށް ފެންނަކަމަށް ވެސް ޙަސަން ލަޠީފު ބަޔާންކުރައްވާފައިވެއެވެ.

ބިލުގައިވާ ގޮތުން، ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނުގެދަށުން އިންތިޚާބު ބޭއްވުމަށްފަހު އަލަށް އިންތިޚާބުވާ ކައުންސިލަރުން، މަޤާމާއި ހަވާލުވާ ތާރީޚުންފެށިގެން މި ބިލް އުވިގެންދާނެއެވެ.

މި ބިލާމެދު ޚިޔަލުފާޅުކުރައްވަމުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ، މެންބަރު ޙަސަން ލަޠީފު ހުށަހެޅުއްވި ބިލަކީ ޤާނޫނުއަސާސީއާ ޚިލާފު ބިލެއްކަމަށް ބައެއް ޤާނޫނީވަކީލުން ވިދާޅުވެދާނެކަމަށެވެ.

ކޯވިޑް-19 އިގެ ހާލަތުން ރާއްޖޭގެ ޢާންމު ހާލަތަކަށް ރުޖޫޢަވެ، ލޯކަލް ކައުންސިލު އިންތިޚާބު ބޭއްވެންދެން، ކައުންސިލުތަކުގެ ދައުރު ދިގުދަންމައިލުމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ލަޠީފުވެސް ވަނީ ޤާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާފައެވެ.

ނަމަވެސް ބައެއް މެންބަރުން ވިދާޅުވީ، މިއީ ޤާނޫނުއަސާސީގައި އަތްލުމަކީ އެންމެ ރަނގަޅު ވަގުތުނޫންކަމަށެވެ. އެހެންނަމަވެސް އަނެއްބައި މެންބަރުން ވިދާޅުވީ، މިހާރު އިޢުލާނުކޮށްފައިމިވަނީ ޤާނޫނުއަސާސީގައި ބުނާފަދަ ކުއްލި ނުރައްކަލުގެ ހާލަތެއްނޫންކަމަށާއި، ޤާނޫނުއަސާސީގައި އަތްލުމަށް އެއްވެސް ހުރަހެއްނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: