ބިހާއި އަލުތްވާއި ފިޔާގެ އިތުރު ޝިޕްމަންޓެއް އެސްޓީއޯއިން ރާއްޖެ ގެނެސްފިއެވެ.
ދިވެހިރާއްޖެއަށް ދިމާވެފައިވާ މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި، ކާބޯތަކެތީގެ ދަތިކަން ނާންނާނެކަން ކަށަވަރުކޮށްދިނުމަށްޓަކައި، އެސްޓީއޯއިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ގޮތުން އެސްޓީއޯއިން މިއަދު ހާމަކޮށްފައިވާގޮތުގައި ފިޔާ، ބިސް، އަލުވި މި 3 ބާވަތް ރާއްޖެގެނެސްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އެސްޓީއޯއިން އިތުރަށް ހާމަކުރިގޮތުގައި، މި މަހުގެ 12 ވަނަ ދުވަހު ވެސް އިތުރު ޝިޕްމަންޓެއް ރާއްޖެއަށް ގެނެވޭނެއެވެ.
https://twitter.com/stoplc/status/1247769543407104000?s=20
މިފަދަ ހާލަތެއްގައި، ރާއްޖޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުއުފުލެމުންދާތީ، މިހާރު އެސްޓިއޯއިންދަނީ ފިޔާ، ބިސް އަދި އަލުވި ކޮންޓްރޯލްކޮށްގެން ވިއްކަމުންނެވެ. މި ގޮތުން ކޮންމެ މީހަކަށް އެއްކިލޯ އަލުތްވާއި، އެއްކިލޯގެ ފިޔާގެ މަގުން، އަދި ކޮންމެ މީހަކަށް ބިސް ޓްރޭއެއްގެ މަގުން ވިއްކުމަށް އެސްޓީއޯއިންވަނީ ނިންމާފައެވެ.

