ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅު ފިހާރައިގެ އަށް ފިހާރައެއް ކުއްޔަށް ދިނުމަށް ބިޑަށް ހުޅުވާލައިފި

އަތޮޅު ފިހާރަތައް ހުންނަ ސަރަހައްދަު -- ފޮޓޯ / ވީނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅު ފިހާރައިގެ ތެރެއިން އަށް ފިހާރައެއް ކުއްޔަށް ދިނުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން، މި ފިހާރަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.

ބިޑަށް ހުޅުވާލާފައިވާ ފިހާރަތަކުގެ ތެރޭގައި ކ. އަތޮޅު ފިހާރައިގެ ދެކުނުފެންޑާ (597.54 އަކަފޫޓު)، ފ. އަތޮޅު ފިހާރައިގެ ދެކުނުފެންޑާއާއި އެތަނުގެ މަތީބައި (1095.08 އަކަފޫޓު)، ކްރެސެންޓް 5 ނަންބަރު ފިހާރަ (444.38 އަކަފޫޓު) އަދި ކ. އަތޮޅު ފިހާރަ ހުޅަނގުބައި (321.62 އަކަފޫޓު) ހިމެނެއެވެ.

މީގެ އިތުރުން ލ. އަތޮޅު ފިހާރައިގެ މަތީބައި (630.83 އަކަފޫޓު)، ގއ. އަތޮޅު ފިހާރައިގެ އިރުމަތީބައި ދެކުނު ފެންޑާގެ ދެބައިކުޅަ އެއްބައި (620 އަކަފޫޓު)، ގއ. އަތޮޅު ފިހާރައިގެ ހުޅަނގުބައި ދެކުނު ފެންޑާގެ ދެބައިކުޅަ އެއްބައި (620 އަކަފޫޓު) އަދި ކ. އަތޮޅު ފިހާރައިގެ އިރުމަތީބައި މަތީބައި (952.45 އަކަފޫޓު) ވެސް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސޯލް ޕްރޮޕްރައިޓަރޝިޕް، ޕާޓްނަރޝިޕް އަދި ކުންފުނިތަކަށެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި 50,000 (ފަންސާސް ހާސް) ރުފިޔާ ހުށަހަޅަންޖެހޭއިރު، ކުއްޔަށް ހިފުމަށް އެދި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 65 (ފަސްދޮޅަސް ފަސް) ރުފިޔާ އެވެ. ބިޑް ހުށަހަޅަންޖެހެނީ ފިނޭންސް މިނިސްޓްރީގެ އެސެޓްސް އެންޑް ޓްރެޜަރީ ސެކްޝަނަށެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، މިހާރުވެސް އެ ފިހާރަތައް ކުއްޔަށް ހިފައިގެން ހިންގާ ފަރާތްތަކަށް ވަކި ޚާއްސަ އިސްކަމެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން، މިހާރު ފިހާރަ ހިންގާ ފަރާތަކީ ގަވައިދުން ކުލި ދައްކާ ފަރާތެއް ކަމުގައިވެފައި، އަދި ޝަރުތުހަމަވާ ބިޑެއް ހުށަހަޅާފައިވާނަމަ، އެންމެ މަތިން މާކްސް ލިބުނު ފަރާތުން ހުށަހެޅި އަގުގައި ފިހާރަ ކުއްޔަށް ހިފުމުގެ ފުރުސަތު އެ ފަރާތަށް ދެވޭނެއެވެ.

އެ ފަރާތުން އެ އަގުގައި ކުއްޔަށް ހިފުމަށް އެއްބަސްވާނަމަ، އެ ފަރާތަށް އިސްކަންދީގެން ކުއްޔަށް ދޫކުރާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: