ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަން އެއާޕޯޓުން އަތުލައިގަތް ޑްރަގުގެ އަގު 4.4 މިލިއަނަށް އަރާ، އިންޑިއާ މީހަކު ހައްޔަރަށް!

ގަން އިންޓަނޭޝަނަލް އެއާޕޯޓް/ ފޮޓޯ: ގަން އެއާޕޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ގޭން އިންޓަނޭޝަނަލް އެއާޕޯޓުން ފަސް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، އެ މައްސަލައިގައި އިންޑިއާގެ ދެ މީހަކު ބަންދުކޮށްފިއެވެ.

ކަސްޓަމްސް އިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، މި ތަކެތި އަތުލައިގަނެފައި ވަނީ ވައިގެ މަގުން ރާއްޖެއަށް އައި ފަސިންޖަރުންގެ ލަގެޖް ފާސްކުރުމުގެ ތެރޭގައެވެ. މިދިޔަ ހޮނިހިރު ދުވަހު އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި 5.5 ކިލޯ ހުރި އިރު، މީގެ ބާޒާރު އަގު ގާތްގަނޑަކަށް 4.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ.

ކަސްޓަމްސް އިން ބުނީ، މަސްތުވާތަކެތި ފެނިފައި ވަނީ އިންޑިއާއިން ރާއްޖެއަށް ދަތުރުކުރި އެ ގައުމުގެ ދެ މީހެއްގެ ފޮށިތަކުގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.

އިންޑިއާގެ ބެންގަލޫރުން ރާއްޖެއަށް އައި ބައެއްގެ އަތުން 8.3 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ދެ މީހަކާއި ތިން ދިވެހިންނެވެ. މައްސަލައިގައި ހިމެނޭ އިންޑިއާގެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކަނޑުމަގުންނާއި، ވައިގެ މަގުން އޮޅުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މައްސަލަތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ އެވެ. އަދި ދިވެހިންނާއި ގުޅިގެން ބައެއް އިންޑިއާއި، ލަންކާ ފަދަ އެހެނިގެން ގައުމުތަކަށް ނިސްބަތްވާ ބިދޭސީން ވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމަށް މަސައްކަތް ކުރެ އެވެ.

މީގެއިތުރުން ކަސްޓަމްސް މެދުވެރިކޮށް ރާއްޖެއަށް އެތެރެ ކުރާ މުދާތަކުގައި، ފޮރުވައިގެން މަސްތުވާތަކެތި އެތެރެ ކުރުމަށް މަސައްކަތް ކުރާ މައްސަލަތައް ވެސް ގިނަވެފައިވާކަން ފާހަގަކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: